ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައިހް ފަރީދުގެ ޖަނާޒާ މޭލޭޝިޔާގައި ކުރިއަށް ގެންދަން ޢާއިލާއިން ނިންމައިފި

ޝައިހު ފަރީދު: ފޮޓޯ/ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާގެ ކަންކަން މޭލޭޝިޔާގައި ކުރިއަށް ގެންދަން ޢާއިލާއިން ނިންމައިފިއެވެ.

ޝައިޚް ފަރީދު އަވަހާރަވެފައިވަނީ ޚިދުމަތް ޖަމިއްޔާގެ ރަސްމީ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ.

އާއިލާއާ ހަވާލާދީ ޝެއިހް ފަރީދާއިއެކު މެލޭޝިޔާއަށް ދިޔަ ޓީމުގެ މެންބަރަކު މީގެ ކުރިން ބުނީ އާއިލާ އިން ބޭނުން ވަނީ ޝެއިހްގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާގެ ކަންކަން މާލޭގައި ބޭއްވުމަށް ކަމަށެވެ.

އެހެންނަމަވެސް، ޝައިޚް ފަރީދުގެ ހަށިގަނޑު، ރާއްޖެއަށް ގެންނަނަމަ، ޕޯސްޓްމޯޓަމްވެސް ހަދަންޖެހޭއިރު، ޕޯސްޓްމޯޓަމް ހެދުމަކީ ޝައިޚް ފަރީދު އަބަދުވެސް އިންކާރު ކުރައްވާ ކަމަކަށްވުމުން މެލޭޝިޔާގައި، ޝެއިޚްގެ ޖަނާޒާ ކުރިއަށް ގެންދާ ގޮތަށް، ޢާއިލާއިން ނިންމާފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.

ޝެއިހް ފަރީދަކީ ދީނީ ގޮތުން ދިވެހީން ހޭލުންތެރި ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މިގޮތުން މާލޭގައާއި އަތޮޅުތެރޭގައިވެސް ގިނަގުނަ ދަރުސްތައްދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

ޝެއިހް ފަރީދު ނިޔާވުމާއި ގުޅިގެން  ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތަޢުޒިޔާ ކިޔަމުންނެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 44%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 15%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: