ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭގޮތުން ގުޅުން ބަދަހި ކުރުމާއި އޮމާންއާއި އެކު މަޝްވަރާ ބައްދަލުވުމެއް!

ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭގޮތުން ގުޅުން ބަދަހި ކުރުމާއި އޮމާންއާއި އެކު މަޝްވަރާ ކުރުން/ ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް 3 (ޔޫއެންއޯސީ3) ގެ ބޭރުގައި، ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤު އިބްރާހީމް، އޮމާނު ސަލްޓަނާގެ ތިމާވެށީގެ އޮތޯރިޓީގެ ޗެއަރމަން އަދި އދ. ގެ ތިމާވެށީގެ ޕްރޮގްރާމްގެ ރައީސް، ޑރ. އަބްދުﷲ ބިން އަލީ އަލް-އަމްރީއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ރާއްޖެއާއި އޮމާނާ ދެމެދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، މިނިސްޓަރ ޠާރިޤު ވަނީ އދ. ގެ ތިމާވެށީގެ އެސެމްބްލީގައި ކުރިއަށްދާ މަޝްވަރާތަކަށް ރާއްޖެއިން ޑރ. އަލް-އަމްރީއަށް ދެމުންދާ އެއްބާރުލުން އަލުން ހާމަކުރައްވާފައެވެ.

އޮމާނު ސަލްޓަނާގެ ތިމާވެށީގެ އޮތޯރިޓީގެ ޗެއަރމަން އަދި އދ. ގެ ތިމާވެށީގެ ޕްރޮގްރާމްގެ ރައީސް، ޑރ. އަބްދުﷲ ބިން އަލީ އަލް-އަމްރީއާއި ބައްދަލުކުރެއްވުމުގެ އިތުރުން މިނިސްޓަރ ޠާރިޤު ވަނީ ޔުނައިޓެޑް ކިންގްޑަމްގެ ޚާއްޞަ މަންދޫބު މިސް ރުތު ޑޭވިސްއާވެސް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޔޫކޭ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް މެނޭޖްކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ދާއިރާތަކުން ދެމުންގެންދާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރުވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމަކީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވޭކަމަށް މިނސްޓްރީއިން ވިދާޅުވެއެވެ. އަދި މިފަދަ ބައްދަލުވުންތަކުން ދިވެހިރާއްޖެއަށް ކުރިމަގުގައި ފައިދާތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވޭކަމުގައިވެސް މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ

ޔޫއެންއޯސީ3 އަކީ ފުރާންސްގައި ކުރިއަށްދާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ، ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: