ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕޯޖުގަލް ދުވަހުގެ ތަހުނިޔާ، އެ ގައުމުގެ ރައީސް މާރސެލޯ ރެބެލޯ ޑީ ސޫސާއަށް ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވައިފައެވެ.
އެމަނިކުފާނުގެ މެސެޖުގައި، ޕޯޖުގަލްގެ ރައީސްއަށާއި އެ ގައުމުގެ ޕްރައިމް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރާކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރަކީ ދިވެހިރާއްޖެއާއި ޕޯޖުގަލްގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުވިތާ 30 އަހަރު ފުރުނު އަހަރަކަށްވާތީ، ދެގައުމުންވެސް އެއްގަލަކަށްއެރޭ ކަންތައްތައްކުގައި ޕޯޖުގަލާއެކު އެއްބާރުލުން ދިނުމުގެ ޔަގީންކަން އަރުވާކަމަށެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 10 ވަނަ ދުވަހުގައި ފާހަގަކުރާ ޕޯޗުގަލް ދުވަހަކީ، އެ ގައުމުގެ އެންމެ މަޝްހޫރު ޅެންވެރިޔާ ލުއިސް ޑި ކަމޯސްގެ ނަަމަށް ޝަރަފުވެރިކަން ގެނެސްދިނުމުގެ ގޮތުގައި ޕޯޗުގަލްގެ ސަރުކާރުން ކަނޑައަޅައިފައިވާ ގައުމީ ބަންދު ދުވަހެކެވެ.
ދިވެހިރާއްޖެއާޢި ޕޯޖުގަލްގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އެންމެ ފުރަތަމަ ގާއިމުކުރެވިގެންދިޔައީ 1995 ވަނަ އަހަރުގައެވެ. އޭގެ ފަހުން، ސިޔާސީ، އިގްތިސާދަީ އަދި ސަގާފީ ދާއިރާތަކުން ދެ ގައުމުގެ ދެމެދުގަައި އެއްބާރުލުންދެމުންދާކަން ފާހަގަކޮށްލެވެއެވެ.

