ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗުއްޓީއަށް ފަހު މަޖިލީހުގެ ޖަލްސާއެއް މާދަމާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި ލިބުނު ޗުއްޓީއާއި އެކު، އީދުގެ ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމައަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަނީ ހޯމަ، އަންގާރަ، ބުދަ މި ތިން ދުވަހު ނަމަވެސް މިއަދު ޖަލްސާއެއް ކުރިޔަށް ގެންގޮސްފައި ނުވެއެވެ.

އެޖެންޑާގައިވާ ގޮތުން މާދަމާގެ ޖަލްސާގައި ތާވަލުކޮށްފައި ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސް ކުރިޔަށް ގެންދިއުމެވެ. މިއީ ސަރުކާރުން ހުށަހަޅާފައިވާ މަދަނީ މައިގެ ދަތުރުފަތުރުގެ ގާނޫނާއި އެކު، ސިވިލް އޭވިޝަން އޮތޯރިޓީގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހެޅި ބިލެކެވެ.

ފުރަތަމަ ދައުރަށް ފަހު މިއީ ޖަލްސާ ފަށަން ޖެހޭ މަސްކަމަށްވުމާއި އެކު، އީދު ބަންދު އައުމުގެ ކުރިޔަށް 1 ޖަލްސާ ކުރިޔަށް ގެންދިޔަ އެވެ. އެ ޖަލްސާގައި ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ދެ ފަނޑިޔާރަކު އައްޔަނު ކުރުމަށް ފޮނުވާފައިވާ ނަންތަކާއި މެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އަދި ސިވިލް އޭވިއޭޝަން ގާނޫނަށް ގެންނަ އިސްލާހުގެ ފުރަތަމަ ކިއުން ވަނީ އިއްވާފަ އެވެ.

މަގުބޫލު ސަބަބެއް ނެތި މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރުމާއި، ބިލުތަކަށް އެކަށީގެންވާ ވަގުތު ނުދޭކަމަށް ބުނެ އިދިކޮޅުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ނުފޫޒުގެ ތުހުމަތުތައް ވެސް ކުރާއިރު ޕީއެންސީގެ މެމްބަރުން ވިދާޅުވި ގޮތުގައި ގިނަ މަސައްކަތްތައް ކުރިޔަށް ދަނީ ކޮމިޓީތަކުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: