އުފާވެރިކަމުގެ މިންގަނޑެއް ނުވަތަ ހެޕިނެސް އިންޑެކްސް ކަނޑައެޅުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި މިނިސްޓްރީގެ ވެރިންނާއި އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އުފާވެރިކަމުގެ މިންގަނޑުގެ މައިގަނޑު އަސާސްތަކާއި އެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އުފާވެރިކަމުގެ މިންގަނޑުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނުން މުހިންމުކާމއި، ދާއިރާތަކުގެ ހިމެނިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
ހެޕީނެސް އިންޑެކްސްއިން އެއްކުރެވޭ މައުލޫމާތަކީ ދިވެހިރާއްޖޭގައި ބޭނުންކުރުމަކީ އިގްތިސާދީ ކުރިއެރުމުގެ އިތުރުން ދިރިއުޅުމުގެ ފެންވަރާއި އިޖުތިމާއި ހަމަޖެހުން ކަށަވަރުކޮށްދިނުމަށް އެހީވެރިވެދޭނެ މައުލޫމާތެއްކަން ފާހަގަކޮށްލެވެއެވެ.

