ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަޒީމާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު، އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫއަށް އެރުވީ މީގެ 3 މަސް ކުރިންނެވެ.
ރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އަޒީމާ އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.
ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުއަދާކުރެއްވުމުގެ އިތުރުން އަޒީމާ ވަނީ 2019- 2023 އަށް ޗައިނާގެ ސަފީރު ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

