ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައިހް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި

ޝައިހު ފަރީދު: ފޮޓޯ/ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދީނީ ޢިލްމް ފެތުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މިއަދު މެލޭޝިޔާގައި ބާއްވައިފިއެވެ.

ޝައިޚް ފަރީދު އަވަހާރަވެވަޑައިގެންފައިވަނީ ޚިދުމަތް ޖަމިއްޔާގެ ރަސްމީ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ހޯމަދުވަހުގެރޭއެވެ.

ޝައިޚް ފަރީދުގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިޔާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅު ވަޅުލައްވާފައިވަނީ ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ.

އާއިލާއިން އެންމެ ފުރަތަމަ ބޭނުންވީ ޝައިޚްގެ ހަށިކޮޅު މާލެ ގެނެސް ޖަނާޒާގެ ކަންކަން މާލޭގައި ބޭއްވުމަށެވެ. ނަމަވެސް، ރާއްޖެއަށް ހަށިކޮޅު ގެންނަވާނަމަ ޕޯސްޓްމޯޓަމް ހަދަންޖެހޭނެތީ، އަދި އެއީ ޝައިޚް ފަރީދު އަބަދުވެސް އިންކާރު ކުރައްވާ ކަމަކަށްވާތީ، މެލޭޝިޔާގައި ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށް އާއިލާއިން ނިންމެވިއެވެ.

ޝައިޚް ފަރީދަކީ ދިވެހިރާއްޖޭގެ ދީނީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން މާލެ އާއި އަތޮޅުތަކުގައި ގިނަ ދީނީ ދަރުސްތަކެއް ދެއްވައި، ރައްޔިތުން ދީނަށް އަހުލުވެރި ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

ޝައިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމުގެ ހިތާމަ ފާޅުކޮށް، އާއިލާއަށް ތަޢުޒިޔާ ކިޔާފައެވެ. އަދި ޝައިޚް ފަރީދުގެ މައްޗަށް، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުމަށްވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: