ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މަސްވެރިންގެ ކަންބޮޑުވުންތައް މިނިސްޓްރީއަށް؛ ހައްލު ކޮށްދިނުމަށް މަސައްކަތްކުރާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ މީދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އައްޑޫ މީދޫ ދާއިރާގެ ކައުންސިލް މެމްބަރުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.

މަސްވެރިކަމާބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި، ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބް އަދި ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޔާމީންގެ އިތުރުން އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މީދޫގެ މަސްވެރިންގެ ކަންބޮޑުވުންތައް ކައުންސިލް މެމްބަރު އާމިނަތު ސާލިހާ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްދެއްވާފައެވެ.

އައްޑޫ މީދޫ ސަރަހައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފަތި އަދި ދޮށީގެ ކަނދުފަތީގެ މައްސަލައަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައި ފާހަގަކުރެވުނެވެ. މީގެ އިތުރުން ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކާއި، އެ ސަރަހައްދުގައި މަސްވެރިކަމުގެ ދާއިރާއިން ތަރައްގީ ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

”އައްޑޫ މީދޫ ދާއިރާގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މިނިސްޓްރީން މަސައްކަތްކުރާނެ“ ކަމަށް ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: