ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޝައިހް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަލްމަރްޙޫމް ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިގޮތުން 13 ޖޫން ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ އަންގަވާފައެވެ.

ޝައިޚް ފަރީދު އަވަހާރަވީ ޚިދުމަތް ޖަމްޢިއްޔާގެ ރަސްމީ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން އެޤައުމުގެ އެއާޕޯޓުގައި ހުންނަވަނިކޮށް މިމަހުގެ 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އެމަނިކުފާނުގެ ޖަނާޒާ މިއަދު މެލޭޝިޔާގައި އެޤައުމުގެ މެންދުރު ނަމާދަށްފަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އާއިލާގެ ފަރާތުން ކުރިން ބޭނުންވީ ޝައިޚްގެ ހަށިކޮޅު މާލެ ގެނެސް ޖަނާޒާގެ ކަންކަން މާލޭގައި ބޭއްވުމަށެވެ. ނަމަވެސް، ރާއްޖެއަށް ހަށިކޮޅު ގެންނަ ނަމަ ޕޯސްޓްމޯޓަމް ހަދަންޖެހޭނެތީ، އަދި އެއީ ޝައިޚް ފަރީދު އަބަދުވެސް އިންކާރު ކުރައްވާ ކަމަކަށްވާތީ، މެލޭޝިޔާގައި ޖަނާޒާ ކުރިއަށް ގެންދިއުމަށް އާއިލާއިން ނިންމެވިއެވެ.

ޝައިޚް ފަރީދަކީ ދިވެހިރާއްޖޭގެ ދީނީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.މިގޮތުން މާލެ އާއި އަތޮޅުތަކުގައި ގިނަ ދީނީ ދަރުސްތަކެއް ދެއްވައި، ރައްޔިތުން ދީނަށް އަހުލުވެރި ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

ޝައިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމުގެ ހިތާމަ ފާޅުކޮށް، އާއިލާއަށް ތަޢުޒިޔާ ކިޔާފައެވެ. އަދި މާދަމާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އެމަނިކުފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: