ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ރަން މެޑަލް ހޯދި ލައިބާއަށް މިނިސްޓްރީގެ ހޫނު މަރުހަބާއެއް!

ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަރްމޭނިއަން ޔޫތު އޯޕަން 2025ގެ މުބާރާތުގެ ތިން ކެޓެގަރީއެއްގައި ވާދަކޮށް ތިން ރަން މެޑަލް ހާސިލްކުރި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހްމަދު މަޙްލޫފްއަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އަރްމޭނިއާގެ ޔެރެވާންގައި ބޭއްވި މި މުބާރާތް ނިންމާލުމަށްފަހު ލައިބާ ރާއްޖެއަށް އެނބުރި އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާއަށް މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒުއާއި، ޕަރމެނެންޓް ސެކްރެޓަރީ އަހްމަދު ޝީއާއު އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ނައިބު ރައީސް އަހުމަދު މުންތަގިމްއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ރިޔާޒް ވިދާޅުވީ، ”ލައިބާގެ ބެޑްމިންޓަން ކެރިއާގެ ކުރިއަށް އޮތްތަނުގައިވެސް ބެޑްމިންޓަނުން ރާއްޖެއަށް ގިނަ ރަންވަނަތަކެއް ލައިބާ ގެނެސްދޭނެކަމަށް އުންމީދު ކުރަން“ ކަމަށެވެ. އަދި ލައިބާ ހޯދި ތިން ރަން މެޑަލަކީ ރާއްޖެ ފަޚުރުވެރިވާ ކާމިޔާބީއެއްކަމަށާއި، ކުޅިވަރުގެ ވުޒާރާއިން ލައިބާގެ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ތާރީޚީ ކާމިޔާބީއެއް

ލައިބާ މި މުބާރާތުގައި ޑަބަލްސް އަދި މިކްސް ޑަބަލްސް ކެޓަގަރީގައި ވާދަކޮށް، ދެ ކެޓަގަރީންވެސް ރަން މެޑަލް ހާސިލުކުރިއެވެ. ޑަބަލްސްގައި ސައިޕްރަސްގެ ޒޯއިއާ ކުޓުޒޯވާ އާއި ޖޯޖިއާގެ އަނާ ސާކިސިއަންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު 21-11، 21-11 އިން ކާމިޔާބުކުރިއެވެ. އަދި މިކްސް ޑަބަލްސްގައި އަންޑްރޭސް ސްޓްރޮވޮލިޑިސް އާއި އެމެލިއާ ސޮފޮކްލެއޮސްއާ ދެކޮޅަށް ކުޅުނު މެޗު 21-15، 21-11 އިން ކާމިޔާބުކުރިއެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލުކުރި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖޭގެ ބެޑްމިންޓަން ޖޫނިއާ ކެޓެގަރީއަކުން ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދުނު ފުރަތަމަ ފަހަރުވެސްމެއެވެ. މި ކާމިޔާބީއާއެކު ލައިބާ ވަނީ ދިވެހި ބެޑްމިންޓަންގެ ތާރީޚުގައި އައު ޞަފްޙާއެއް ލިޔެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: