ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުުހުންގެ ކޮމިޝަނަރ ނަވީންއާއި އެމްއެންޑީއެފްގެ ޗީފް ހިލްމީ ބައްދަލުކުރައްވައިފި

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ކޮމިޝަނަރުގެ މަގާމަށް އަލަށް އައްޔަނު ކުރެއްވި އިސްމާއިލް ނަވީން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ސިފައިންގެ މައި މަރުކަޒު، ބަނޑާރަކޮށީގައެވެ.

މި ބައްދަލުވުމަކީ ކޮމިޝަނަރ ނަވީން އެ މަގާމަށް އަލަށް ހަވާލުވެވަޑައިގަތުމާ ގުޅިގެން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފުވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުމުގައި ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މުޅި ދިވެހި ވަތަނުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށް ކުރެވިދާނެ އިތުރު މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފުލުހުންގެ ކޮމިޝަނަރުގެ މަގާމަށް އިސްމާއިލް ނަވީން އައްޔަންކުރެއްވީ 2025 ޖޫން 10 ވަނަ ދުވަހުއެވެ. ނަވީން މި މަގާމަށް އައްޔަންކުރެއްވީ ހޯމް މިނިސްޓަރުގެ ލަފާފުޅުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ބައްދަލުވުމުގައި ދެ އިދާރާގެ އިސްވެރިން ވަނީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް އެއްބަސްވެ، އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: