ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭ މަހު މީރާއިން ބަލައިގަތީ 2.18 ބިލިއަން ރުފިޔާ

ފޮޓޯ: މީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މޭ މަހުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާއިން) ޖުމުލަ އާމްދަނީ އަކީ 2.18 ބިލިއަން ރުފިޔާކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިިއީ މިދިޔަ އަހަރުގެ އަދަދާއި އަޅާބަލާއިރު 30.5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި އަހަރުގެ މޭމަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދާއި އަޅާބަލާއިރު 7.3 އިންސައްތައިގެ އިތުރުވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 2024 ވަނަ އަހަރު މޭ މަހު ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު 2025 މޭ ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މީރާއަށް ޓީ ޖީއެސްޓީއާއި ގްރީންޓެކްސްގެ އިތުރުން އެއާޕޯޓް ޓެކްސްއާއި ފީސްއިން ލިބުނު އާމްދަނީގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ.

މީގެ އިތުރުން، އޭޕްރިލް 2024 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 2025 އޭޕްރިލް ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 17.8 އަށް އިތުރުވެފައި ވާތީ، ގްރީން ޓެކުހާއި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.

2025 މޭ މަހުގައި ލިބޭނަކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 7.3 އިންސައްތަ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރެވުނު ފަތުރުވެރިންގެ އަދަދަށް ވުރެ އިތުރުވެ، ފަތުރުވެރިން ބެޑްނައިޓުގެ ގޮތުގައި ހޭދަކުރި ވަގުތު އިތުރުވުމާއިއެކު ޓީޖީއެސްޓީއާޢި ގްރީން ޓެކްސްގެ އަދަދު އިތުރުވުމުންނެވެ.

2025 މޭގައި މީރާއިން ބަލާގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ، ގުޑްސް އެންޑް ސާވިސަސް ޓެކްސް(ޖީއެސްޓީ)އެވެ. އެއީ، 62.5 އިންސައްތަ ނުވަތަ 1.362 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިންގެ ފަރާތުން ނަގާ ގްރީން ޓެކްސްއިންނެވެ. އެއީ 9.4 އިންސައްތަ 204.92  މިލިއަން ރުފިޔާއެވެ. ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، އެއާޕޯޓު ޑިވެލޮޕްމަންޓު ފީއިންނެވެ. އެއީ، 7.7 އިންސައްތަ ނުވަތަ 167.86 މިލިއަން ރުފިޔާއެވެ. މީގެއިތުރުން، މީރާއަށް ލިބުނު އާމްދަނީއަށް ޑިޕާޗަރއާއި އިންކަމް ޓެކްސްގެ އިތުރުން ވޯކް ޕާމިޓް ފީންވެސް ވަނީ ހިއްސާ އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: