ހއ. ހޯރަފުށި ބޮޓްލިންގ ޕްލާންޓުގެ މުވައްޒަފުން ކަނޑާލިކަމަށް ބުނެ ”ނިކަމެތި ނުކުރޭ“ގެ ނަމުގައި ހޯރަފުށި ކައުންސިލުން މިއަދު އިހުތިޖާޖުކުރަނީއެވެ.
އިހުތިޖާޖު ކުރަމުން ދަނީ، ހޯރަފުށި ބޮޓްލިންގ ޕްލާންޓުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަމަށް ބުނެއެވެ. އެ މުވައްޒަފުން ވަކިކުރިކަމަށް ބުނެ ފޮނުވި ޗިޓުގައިވާާގޮތުން، ބޮޓްލިންގ ޕްލާންޓުގެ މަޝްރޫއު ހުއްޓާލިކަމަށާއި އެކަމުގެ ސަބަބުން މުވައްޒަފުން ކަނޑާލާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހޯރަފުށި ކައުންސިލުން ވަނީ ހޯރަފުށި ބޮޓްލިންގ ޕްލާންޓުގެ މުވައްޒަފުން ވަކިކުރުމާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް، އެކަނ ކުށްވެރިކުރުމުގެ ގޮތުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
މީގެއިތުރުން، ހއ. ހޯރަފުށީގައި ތަރައްގީކުރަމުންދާ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް މެދުކަނޑާލައި، އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންނަމަވެސް، މި ތުހުމަތުތައް ދޮގުކޮށް ބުނެފައިވަނީ، ހޯރަފުށީގައި ގާއިމުކުރެވުނު ބޮޓްލިންގ ކާރުހާނާ މަޝްރޫއު ހުއްޓާލިކަމަށް ދައުރުވަމުންދާ ވާހަކައަކީ ދޮގުވާހަކަތަކެއްކަމަށެވެ.

