ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ވަޒީރު ހަލީލާށް އިހްތިރާމްގެ ޒިޔާރަތެއް ކުރަައްވައިފި

ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްޠީނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އިހާބް ޚަލީލް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ، ޙަރިޖީ ވުޒާރާގައެވެ.

މި އިހްތިރާމްގެ ޒިޔާރްތަކުރައްވައިފައިވަނީ ރައީސް އޮފީހުގައި ބޭއްވުނު ރައީސްއަށް ސަފީރުކަމުގެ ފަތްފޮޅު އެރުވުމަށްފަހުއެވެ.

މި ބައްދަލުވުމުގައި، ވަޒީރު ހަލީލު ވަނީ ފަލްތީނުގެ ސަފީރަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި ފަލަސްތީނުގެ ދެމެދުގަައި އޮންނަ އަހުވަންތަކަމުގެ ގުޅުން ސަފީރު ހަބީބުގެ ދައުރުގައި އެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މީގެއިތުރުން، ވަޒީރު ހަލީލު ވަނީ ފަލަސްތީނަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިދުތައި ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ގައުމެއްކަން ފާހަގަކުރައްވައިފައެވެ. އަދި ފަލަސްތީނުގެ އަޙުންނާއި އުޙްތުންގެ ދިފާޢުދައި ކުރަމުންދާ މަސައްކަތްތަކުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ވަޒީރު ހަލީލު އަރުއްވައިފައެވެ. އެގޮތުން، މިކަމަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކުގެ މައްޗަށް ބިނާކޮށް، އިތުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެއްވުންކަމަށް ވަޒީރު ހަލީލު ވަނީ ފާހަގަކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހަލާ ޙަމީދު، އެމްބެސެޑަރ އެޓް ލާރޗް ޢަބްދުﷲ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާޠިމަތު މަލްސާ މުޙައްމަދު ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: