ރަޝިއާ ޑޭގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު، ރަޝިއާގެ ފޮރިން މިނިސްޓަރ ސެރގޭ ވީ. ލާވްރޯވްއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރު ހަލީލުގެ މެސެޖުގައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުންނާއި މިނިސްޓަރުގެ އަމިއްލަ ނަމުގައި، ރަޝިއާގެ ހާރިޖީ ވަޒީރަޝާއި ދައުލަތުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައިވެއެވެ.
އަދި ހަމައެއާއިއެކު، ދިވެހިރާއްޖެއާއި ރަޝިއާގެ ދެމެދުގައި އޮތް ދުވަސްވީ އެކުވެރިކަމާއި އެއްބާރުލުން ދޭނެކަމަށް މިނިސްޓަރު ހަލީލުގެ ސިޓީގައި ޔަގީންކުރައްވައިފައިވެއެވެ.
ދިވެހިރާއްޖެއާއި ރަޝިއާއަކީ 1966 ވަނަ އަހަރުން ފެށިގެން ޙަރިޖީ ގުޅުންތައް ދަމަހައްޓަމުން ކުރިއަށްދާ ދެ ގައުމެވެ. އެގޮތުން، މި ގުޅުމުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ދެ ގައުމުންވެސް ވަނީ ސިޔާސީ މަޝްވަރާތަކުގައި ބައިވެރިވެ، އެއްބަސްވުންތަކުގައި ސޮއިކޮށް، ދެވޭ އެއްބާރުލުންތައް އިތުރަށް ފުޅާކޮށްފައެވެ.

