ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖީދީ މަގުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި 42 ވެހިކަލް ޓޯކުރި

މަޖީދީ މަގު ވެހިކަލްތަކުން ފުރިފައި: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަޖީދީމަގުގައި ޤަވައިދާ ޙިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މާލޭގެ މަޖީދީމަގުގައި ހުއްދަނެތި ޕާކުކުރާ އުޅަނދުފަހަރުގެ ވެރިފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އެގޮތުން މަޖީދީމަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މިގޮތަށް ޓޯކުރެވޭ އުޅަނދުތައް އަނބުރާ ދޫކުރެވޭނީ 48 ގަޑިއިރުގެ މުއްދަތެއް ފަހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ރޭ ޢާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މަޖީދީމަގުގައި އާއްމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޤަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ފުލުހުން ބުނީ އެ އެންގުމާއި އެއްގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން އިއްޔެ 42 ވެހިކަލް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އެއީ ދެ ފޮރުޅީ 37 ވެހިކަލާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލް ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން ފުލުހުންވަނީ އުޅަނދުފަހަރު ޕާކުކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގައި އެކަނި ޕާކުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މާލޭގައި ދުއްވާ އެއްޗެހި ގިނަވެ ޕާކުކުރުމުގެ ދަތިކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރެއެވެ. މިގޮތުން މަޖީދީމަގަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް މަގުކަމުގައިވާއިރު ޕެވަމަންޓުގެ ދެފަރާތުގައި ސައިކަލުތައް ޕާކްކޮށްފައި ހުރުމުގެ ސަބަބުން ޕޭވަމަންޓުގައި ހިނގާ މީހުނަށްވެސް މިކަމުގެ އުނދަގޫ އިންތިހާއަށް އޮވެއެވެ.

ރައްޔިތުންގެ އެންމެ ބޮޑުއެއް ޝަކުވާއަކަށް ވެފައިއޮންނަނީ ޕާކުކުރުމުގެ ދަތިކަމެވެ. ޙާއްޞަކޮށް މާލޭ ސަރަޙައްދުގައި ވެހިކަލްތަށް ޕާކުކުރުމުގެ ދަތިކަން އިންތިހާއަށް އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: