ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމަށްއަންނަ ބަދަލުތަކާއި ބެހޭގޮތުން ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު މަޝްވަރާ ބައްދަލުވުންތަކެއް

ޠާރިޤް އިބްރާހީމް، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު އޮނަރަބަލް ޑރ. އެކު : ފޮޓޯ: ސަރުކރުވިވިއަން ބަލަކްރިޝްނަންއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއެން އޯޝަން ކޮންފަރެންސް (ޔޫއެންއޯސީ3) ގެ ތެރެއިން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ވަޒީރު ޠާރިޤް އިބްރާހީމް، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ޑރ. ވިވިއަން ބަލަކްރިޝްނަންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

 މި ބައްދަލުވުމަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި އިތުރު ތަޖުރިބާ ބަދަލުކުރުމަށް މި ބައްދަލުވުމުން މަގުފަހިވާނެ ކަމަށް ޢުއްމީދުކުރެވޭކަމުގައި މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

ފާހަގަކޮށްލެވޭގޮތުގައި ޠާރިޤު އިބްރާހީމްވަނީ އޮމާނު ސަލްޓަނާގެ ތިމާވެށީގެ އޮތޯރިޓީގެ ޗެއަރމަން އަދި އދ. ގެ ތިމާވެށީގެ ޕްރޮގްރާމްގެ ރައީސް، ޑރ. އަބްދުﷲ ބިން އަލީ އަލް-އަމްރީއާއިވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ރާއްޖެއާއި އޮމާނާ ދެމެދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، މިނިސްޓަރ ޠާރިޤު ވަނީ އދ. ގެ ތިމާވެށީގެ އެސެމްބްލީގައި ކުރިއަށްދާ މަޝްވަރާތަކަށް ރާއްޖެއިން ޑރ. އަލް-އަމްރީއަށް ދެމުންދާ އެއްބާރުލުން އަލުން ހާމަކުރައްވާފައެވެ.

އޮމާނު ސަލްޓަނާގެ ތިމާވެށީގެ އޮތޯރިޓީގެ ޗެއަރމަން އަދި އދ. ގެ ތިމާވެށީގެ ޕްރޮގްރާމްގެ ރައީސް، ޑރ. އަބްދުﷲ ބިން އަލީ އަލް-އަމްރީއާއި ބައްދަލުކުރެއްވުމުގެ އިތުރުން މިނިސްޓަރ ޠާރިޤު ވަނީ ޔުނައިޓެޑް ކިންގްޑަމްގެ ޚާއްޞަ މަންދޫބު މިސް ރުތު ޑޭވިސްއާވެސް ބައްދަލުކުރައްވާފަވެއެވެ.

މި ބައްދަލުވުމަކީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވޭކަމަށް މިނސްޓްރީއިން ވިދާޅުވެއެވެ. އަދި މިފަދަ ބައްދަލުވުންތަކުން ދިވެހިރާއްޖެއަށް ކުރިމަގުގައި ފައިދާތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވޭކަމުގައިވެސް މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

ޔޫއެންއޯސީ 3 އަކީ ފްރާންސްގައި ކުރިއަށްދާ ބައިނަލްއަޤްވާމީ ކޮންފެރެންސްއެކެވެ. މި ކޮންފެރެންސްގައި ދުނިޔޭގެއެކި ޤައުމުތަކުގެ އިސްވެރީންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ، ކަނޑުތަކާއި ކަނޑުގެ ވަސީލަތްތަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: