ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގައި އާންމުން ތަމްސީލު ކުރާ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިމާރާތް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ، މިހާރު މެމްބަރުކަމުގައި ހުންނެވި އާމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓު މަހު ހަމަވާތީ އެވެ.

މަޖިލިސް އިދާރާގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެމްބަރު 12:00 އާއި ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމުގ ފޯމާއި އެކު ކުށުގެ ދަރަނީގެ ރިކޯޑު ފޯމާއި، ވަނަވަރާއި ތައުލީމީ ސެޓްފިކެޓު ހުށަހަޅަން ޖެހޭނެކަމަށް ވަނީ ބުނެފަ އެވެ.

މެމްބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެއްސަކަށްވުމާއި، އުމުރުން 30 އަހަރުވެފައި ހުރުމުގެ އިތުރުން އިސްލާމް ދީނުގެ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމެވެ. އަދި ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަނު ކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމުގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރުކަމާއި ހަރަކާތްތެރިވާ މީހަކަށް ވެސް ވެގެން ނުވާނެއެވެ.

ޖޭއެސްސީއަށް މެމްބަރަކު ހޮވާނީ، ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރުންގެ ނަން ދިރާސާ ކުރުމަށް ފަހު ތަޅުމުގައި ނެގޭ ވޯޓުންނެވެ.

ކޮމިޝަނުގައި ތިއްބަވާނީ ބަންޑާރަ ނައިބާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި، ހައިކޯޓާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުތަކުގެ ފަނޑިޔާރެއްގެ އިތުރުން، ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެކެވެ.

ޖޭއެސްސީއަށް މެމްބަރަކު އައްޔަނު ކުރާނީ، ފަސް އަހަރުގެ މުއްދަތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: