ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖުވެރިން އެނބުރި ރާއްޖެއަށް އަންނަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު އެނބުރި ރާއްޖެއަށް އަންނަން ފަށައިފިއެވެ.

އެގޮތުން، މިއަދު ޙައްޖުވެރިން އަންނަން ފަށާފައިވާއިރު، ފުރަތަމަ ފުލައިޓު މާލެ އައިސްފައިވަނީ މިއަދު މެންދުރު 14:00 އެހާކައިންހާއިރެވެ.

މިގޮތުން ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް މިއަދު މާލެއައިސްފައިވާއިރު 14 ޖޫން ވާ ހޮނިހިރު ދުވަހު ދެވަނަ ގްރޫޕް ރާއްޖެ އަންނާނެއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި ތިންވަނަ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 16 ވާ ހޯމަ ދުވަހުއެވެ. އަދި އެންމެ ފަހު ގްރޫޕް ކަމުގައިވާ ހަތަރުވަނަ ގްރޫޕް ރާއްޖެ އަންނާނީ 17 ޖޫން ވާ އަންގާރަ ދުވަހުއެވެ. ޙައްޖުވެރިން އަންނާނީ ސައުދީއާއި އެއާލައިން އަދި މޯލްޑިވިއަންގެ ދެ ފުލައިޓެއްގައެވެ.

ހައްޖުވެރީން އެނބުރި ރާއްޖެ އައުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެއަރޕޯޓަށް ދާ މީހުންގެ އަދަދު ވީހާވެސް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިން އެއަރޕޯޓަށް ނުގެންދިއުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ހައްޖުވެރީން މާލެ އައިސްފައިވާއިރު ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒުވެސް ވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންފަވެއެވެ.

ޑރ. އިޔާޒު ވަނީ ރޯގާގެ އަލާމާތްތައް ހުރިނަމަ، މާސްކު އެޅިނަމަވެސް މީހުންގެ ތެރެއަށް ނުނިކުތުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނަނަމަ ސްކޫލަށް ނުފޮނުވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މިއަހަރު ރާއްޖެއިން ވަނީ 1,000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ގޮސްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: