ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގުޓީވީގެ ތަޢުޒިޔާ: ސަންގުޓީވީގެ ޑިރެކްޓަރުންގެ ބޮޑުދައިތަ ނިޔާވުން

ޝެއާރކޮށްލާ ކަހަލަދޯ؟

ސަންގުޓީވީގެ ޑިރެކްޓަރުންގެ ބޮޑުދައިތަ، މަރްޔަމް އިބްރާހިމް ދީދީ އުމުރުން 90 އަހަރުގައި ނިޔާވެއްޖެ އެވެ.

މަރްޔަމް އިބްރާހިމް ދީދީ ނިޔާވީ އިއްޔެގެ މެންދުރު 13:46 ގައެވެ.

މަރްޔަމް އިބްރާހިމް ދީދީއަކީ ސަންގުޓީވީ ޑިރެކްޓަރުންގެ މަންމަ، ގއ.ދެއްވަދޫ އަސްވާޑް، މަރްޙޫމާ ފާތިމަތު އިބްރާޙިމް ދީދީގެ ދައްތައެވެ.

މަރްޔަމް އިބްރާހިމް ދީދީއަކީ އައްޑު އަތޮޅު މީދޫ އަލަދަޑިގޭ މަރްޙޫމް އިބްރާހިމް ދީދީއާއި މަރްޙޫމާ ތުއްތުދީދީގެ ބޭފުޅެކެވެ.

މަރްޔަމް އިބްރާޙިމް ދީދީގެ އިތުރުން އެ އާއިލާގައި ހިމެނެނީ 5 ބޭފުޅުންނެވެ. އޭގެތެރެއިން މިވަގުތު ދުނިޔޭގައި ހުންނެވީ މަރްޔަމް އިބްރާހިމް ދީދީގެ ކޮއްކޮ ޙަދީޖާ އިބްރާޙިމް ދީދީ އެކަންޏެވެ.

މަރްޔަމް އިބްރާޙިމް ދީދީ ކުރެއްވީ އެންމެ ކައިވެންޏެކެވެ. ކައިވެނިކުރެއްވީ މަރްޙޫމް ޙަސަން ދީދީއާއިއެވެ.

މިކައިވެންޏަށް 5 ބޭފުޅުން ލިބިވަޑައިގެންނެވިއިރު އެއީ 3 ފިރިހެން ބޭފުޅުންނާއި 2 އަންހެން ބޭފުޅުންނެވެ. މި 5 ބޭފުޅުންވެސް ދުނިޔޭގައި އެބަތިއްބެވެ.

ސަންގުޓީވީގެ ފަރާތުން އެދެނީ މަރްޙޫމާ މަރްޔަމް އިބްރާޙީމް ދީދީގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، އާއިލާއާއި ގާތްތިމާގެ އެންމެންނަށް ކެތްތެރިކަން މިންވަރުކުރެއްވުމެވެ. އާމީން!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: