ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑައިވިންގއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ!

ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑައިވިންނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.

ހާދިސާގެ މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ،  ގެއްލިފައިވަނީ ޖަޕާނަށް ނިސްބަތްވާ 26 އަހަރުގެ ފަތުރުވެރިއެއްކަމަށެވެ. އޭނާ ގެއްލިފައިވަނީ މިއަދު ހެނދުނު  ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި ވަގުތުގައެވެ.

ގެއްލިގެން ހޯދާ ތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގ ގިއަރެކެވެ. އަދި ހުދު ކުލައިގެ މާސްކެއްކަމަށް އެމްއެންޑީއެފްއިން ބުނިއެވެ.

އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގެ މައުލޫމާތު ކޯސްޑުގާޑު  މެރިޓައިމްޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުނީ މިއަދު 10:02 ހާއިރުކަމަށެވެ. އަދި އެ މައުލޫމާތު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ޑައިވަރުންނާ އެކު ޙާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: