ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުން އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާއެއް ދީފި

އީރާނުން ދިން ހަަމަލާއެއްގެ މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުކްލިއަރ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމުގެ ރައްދެއްގެ ގޮތުގައި އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ނިއުކްލިއަރ ވަސީލަތްތަކަށާއި އެ ގައުމުގެ އަސްކަރީ ބާރުތަކަށް ހަމަލާތަކެއް ދިނުމާއި ގުޅިގެން އީރާނުންވަނީ އިސްރާއީލުގެ އުދުވާންތަކުން ދިފާއުވުމުގެ ގޮތުން ރައްދު ހަމަލާތައް ދޭން ފަށާފައެވެ. މިގޮތުން ދިން ހަމަލާތަކުގެ ތެރެއިން އީރާނުންވަނީ އިސްރާއީލުގެ އެކި ސަރަހައްދުތަކަށް އަމާޒުވެގެންދާގޮތަށް މިސައިލު ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ބައެއް ރައްޔިތުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވާއިރު އެ ގައުމުގެ އެކި ވަސީލަތްކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އީރާނުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުން އަަސްކަރީ މަސައްކަތްތަކުގައި ބޭނުންކުރާކަމަށް ފެންނަ އެކި ވަސީލަތްތަކަށް ކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ.

އީރާނުން ބުނާގޮތުން އިސްރާއީލުންވަނީ މިފަހުން ދިން ހަމަލާތަކުގައި އެ ގައުމުގެ އިސް އަސްކަރީ އޮފިޝަލުންވެސް ހިމެނޭކަން 78 މީހަކު ޝަހީދުކޮށްލާފައެވެ. އަދި 320 މީހަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު އިސްރާއީލުން އީރާނަަށް މިފަދަ ހަމަލާތައް ދެމުންދާތާވެސް ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ. އިސްރާއީލުން މިފަހުގެ ތާރީހުގައި ހިންގި އެކި އޮޕަރޭޝަންތައް މެދުވެރިކޮށް އީރާނުގެ އިސް އަސްކަރީ އޮފިޝަލުން މަރާލާފައިވާއިރު އެކަން ހާސިލުކޮށްފައިވަނީ އާންމު ގިނަ އަދަދެއްގެ ރައްޔިތުންނަށްވެސް ބޮޑެތި އަނިޔާތައް ލިބިގެންނެވެ.

އެ ގައުމުން ހަމަލާތައް ދީފައިވާ ބައެއް ވަސީލަތްތަކުގެ ތެރޭގައި އިސްވެރިން ހަރަކާތްތެރިވާ ބައެއް ސިޓީތަކާއި، އަސްކަރީ މަރުކަޒުތަކުގެ އިތުރުން ނިއުކްލިއަރ ހަކަތައިގެ ވަސީލަތްތައްވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: