ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 މަތިންދާބޯޓު!

އޭޓީއާރް ގެނައުމުގެ ރަސްމިއްޔާތު: ފޮޓޯ/ މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި ޖުމުލަ 25 މަތިންދާބޯޓު މިހާރު ހިމެނޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ މޯލްޑިވިއަންގެ ފްލީޓު ޒަމާނީކުރުމުގެ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކާގެ އިތުރު މަތިންދާބޯޓެއް ރާއްޖެއަށް ގެނައުމާއެކު، އެކަމާ ގުޅިގެން ހިއްސާކުރި މައުލޫމާތުގައެވެ. އެގޮތުން ޖޫން މަހުގެ ފުރަތަމަ ހަފްތަގައި ގެނައި ބޯޓަކީ މޯލްޑިވިއަންގެ ފްލީޓަށް ގެނައި ATR މަރުކާގެ 5 ވަނަ މަތިންދާ ބޯޓެވެ.

މޯލްޑިވިއަންއިން އެންމެ ފަހުން ގެނެސްފައިވާ މަތިންދާބޯޓަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓާއިއެކު މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 މަތިންދާބޯޓު ހިމެނެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ހިމެނެނީ ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މޯލްޑިވިއަންގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އައު މަތިންދާބޯޓު އިތުރުވުމާއެކު މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: