ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

ލޭ ހަދިޔާ ކުރުމުގެ ކޭމްޕް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މި  ކޭމްޕް ކުރިއަށް ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައިކޮމިޝަނާއި ގުޅިގެނެވެ.

މި ކޭމްޕްގައި އިންޑިއަން ހައިކޮމިޝަންގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ އިންޑިއާ ކޮމިއުނިޓީން ލެ ހަދިޔާ ކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހެވެ. އެގޮތުން މި ދުވަހާ ގުޅުވައިގެން ކުރިއަށް ގެންގޮސްފައިވާ ކޭމްޕް މިއީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންގޮސްފައިވާ ކޭމްޕެކެވެ.

މީގެ ކުރިންވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ލޭ ހަދިޔާ ކުރުމަށް މީހުންގެ މެދުގައި ޝައުޤުވެރިކަން އުފެދި، ލޭ ހަދިޔާ ކުރާ މީހުންގެ އަގުވަޒަން ކުރުމަށްވެސް މަގުފަހިވެގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: