ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ ކުށްތައް ހަމައެކަނި ފުލުހުންނަށް ބެލޭނެކަމަށް ހައިކޯޓުން މުތުލަޤަށް ނިންމާފައެއް ނެތް: ދައުލަތް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ.

މި މައްސަލަ ފުރަތަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގެންނެވުމަށެވެ. ނަމަވެސް އެ ނިންމުން ބާތިލުކޮށް ސުޕްރީމް ކޯޓުން މިހާރު މި ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން ހައިކޯޓަށް ދެ މައްސަލައެއް ހުށަހެޅިއެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި މައްސަލައެވެ. ދެވަނަ މައްސަލައަކީ 15 ދުވަސް ހަމަވާން 1 ދުވަހަށް ވެފައިވަނިކޮށް ޝަރީއަތް ނިމެންދެން ކުރި އަމުރާގުޅޭ މައްސަލައެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިމިވަނީ އެ ދެ ނިންމުމާ ގުޅޭ އިސްތިއުނާފެވެ.

މި އަޑުއެހުމުގައި ޝަމްއާންގެ ވަކީލު ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފައެވެ. އެގޮތުން ވަކީލު ވިދާޅުވީ، އެންމެ ފުރަތަމަ އަމުރާ ގުޅޭގޮތުން މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ އެ ކޯޓުން މީގެ ކުރިން ކޮށްފައިވާ ޙުކުމްތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ބެލުމުގެ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެއަށްފަހު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމި ނިންމުމާ ގުޅޭ އިސްތިއުނާފީ ނުކުތާ ހުށަހަޅުއްވަމުން ވަކީލު ވިދާޅުވީ، އެ ނިންމުމާ ގުޅޭގޮތުން ހައިކޯޓަށް ޝަމްއާންގެ ފަރާތުން ހުށަހެޅި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ވަރުގެ ނުކުތާއެއް ނޫންކަމަށް ކަނޑައަޅާފައިވަނީވެސް މަތީ މަރުޙަލާގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ތަބާވުމުގެ ދުސްތޫރީ ނިންމުމާ ޚިލާފަށްކަމަށެވެ. އެގޮތުން ޝަމްއާން ހުށަހެޅި ނުކުތާއަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމަކާ ޙަވާލާދީ ހައިކޯޓަށް ހުށަހެޅި ނުކުތާއެއްކަމަށް ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު ވަކީލު ވަނީ އެ ދެ ނުކުތާ އިތުރަށް ތަފްސީލު ކޮށްދެއްވާފައެވެ. އެގޮތުން ވަކީލު ވިދާޅުވީ، ޝަމްއާންގެ ހައްޔަރު އިޖުރާއަތާއި، ބަންދުގެ މުއްދަތު އިތުރުކުރުން ކުރިއަށް ގެންގޮސްފައިވަނީވެސް ކޮރަޕްޝަންގެ ކުށްތަކެއްގެ ތުހުމަތުގައި އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

އެހެންކަމުން އެ އަމުރަކީ ތަހުގީގީ ދެ އިދާރާއެއްގެ އިޙްތިސާސް ހިނގާ މައްސަލަތަކުގައި ޚާއްސަ އިހްތިސާސް އޮތް އިދާރާއަށް ތަހުވީލު ކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމުގެ އުސޫލާ ޚިލާފު އަމުރެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި މިހާރު ނިންމާފައިމިވާ ގޮތަށް ބަލާއިރު، ޝަމްއާން ވަހީދު ބަންދުގައި ބެހެއްޓުމަށް ހެކި ވަޒަން ކުރުމުގައި ކޮރަޕްޝަންގެ ކުށްތަކުގެ ބައި އެއްކައިރި ކުރެވެންޖެހޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ލިބިފައިވާ ހެކި ޤަރީނާ ވަޒަން ކުރެވެންޖެހޭނީ ހަމައެކަނި މަނީ ލޯންޑަރިން ގެ ތުހުމަތަށް ފޯކަސް ކުރެވިގެންކަމަށް ދެކޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ސަބަބަކީ އެ އަމުރު ސައްޙަކަމަށް އޭރު ކަނޑައަޅާފައިވަނީ މަނީލޯންޑަރިންގ ގެ ކުށުގެ ތުހުމަތު ބެލުމުގެ އިޙްތިސާސް ފުލުހުންނަށް އޮންނާތީ އެ ސަބަބަށް އެކަނި ރިއާޔަތްކޮށްގެންކަމަށްވާތީއެވެ.

އެއަށްފަހު ދައުލަތުގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން ވަނީ ޖަވާބު ހުށަހަޅާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި އިސްތިއުނާފުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭވަރުގެ އެކަށީގެންވާ ޤާނޫނީ ބަހުސެއް އުފެދިފައިނެތް ކަމަށެވެ. އެގޮތުން އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ވެސް ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވާކަމަށް ބުނެ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހައިކޯޓުން މުތުލަޤަށް އެގޮތަށް ނިންމާފައިނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: