ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިރާނާއި އިޒްރެލާ ދެމެދު ޙަމަލާ ބަދަލުކުރުން ކުރިއަށް

އިރާނާއި އިޒްރެލާ ދެމެދު ޙަމަލާ ބަދަލުކުރުން ކުރިއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

އިރާނާއި އިޒްރެލާ ދެމެދު އަނެއްކާވެސް ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، އިޒްރޭލުން ގާޒާއަށް މި ފަހުން ދެމުންދާ ޙަމަލާތަކާ ގުޅިގެން އެ ނުތަނަވަސްކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިޒްރޭލުން ދިން ޙަމަލާއެއްގައި ހިޒްބުﷲ ގެ ލީޑަރު މަރާލުމާއި، ޙަމާސްގެ ލީޑަރު މަރާލުމާއެކު ދެ ޤައުމުގެ މަސްރަހު އިތުރަށް ގޯސްވެގެން ދިޔައެވެ. އަދި އިރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން އޭރު އިޒްރޭލަށް އަމާޒުކޮށް 180ށް ވުރެ ގިނަ ރޮކެޓް ޙަމަލާ ފޮނުވާލާފައެވެ.

އޭގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުންވެސް ޙަމަލާ ދީފައިވާއިރު، ދެ ޤައުމުންވެސް އޭގެ ފަހުން ހަމަލާ ބަދަލުކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ފަހުން ދެ ޤައުމުން ވަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފައެވެ.

އެންމެ ފަހުގެ ހަމަލާތަކަށް ބަލާއިރު، އިޒްރޭލުގެ ދިފާއީ ބާރުން ފާހަގަކޮށްފައިވާ ގޮތުގައި އެ ޤައުމުން ވަނީ ބަދަލު ހިފުމުގެ ގޮތުން ތެހްރާނަށް ވައިގެ ޙަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އެ ޙަމަލާތައް އަމާޒުކޮށްފައިވާނީ އިރާނުން ނިއުކްލިއަރ ޕްރޮގްރާމްތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ސަރަޙައްދުތަކަށް ކަމަށް އިޒްރޭލުން ފާހަގަކޮށްފައިވެއެވެ.

އޭގެ ފަހުން އިރާނުންވެސް ވަނީ އިޒްރޭލަށް ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފައެވެ. މިފަހަރުގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ މެދުތެރޭ އިޒްރޭލުގެ ސަރަޙައްދުތަކަށެވެ.

އިޒްރޭލުން ބުނާ ގޮތުގައި އިރާނަކީ އެ ޤައުމުގެ ދެމިއޮތުމަށް ނުރައްކަލެކެވެ. އެގޮތުން އިރާނުން ނިއުކްލިއަރ ޕްރޮގްރާމް ހިންގަމުންދަނީ އިޒްރޭލަށް ނުރައްކާތައް ކުރިމަތި ކުރުވުމަށްކަމަށްވެސް އިޒްރޭލުން ބުނެއެވެ. އަދި އިރާނުގެ ރޫހާނީ ލީޑަރު ވިދާޅުވާ ގޮތުގައި އިޒްރޭލަކީ ”ކެންސަރު ހިމެނޭ ޓިއުމަރެކެވެ“.

މީގެ އިތުރުން، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އިރާނުން މަސައްކަތް ކުރަމުންދާކަމަށް ހުޅަނގުގެ ޤައުމުތަކުން ކުރާ ތުހުމަތުތައްވެސް އިރާނުން ވަނީ ދޮގުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: