ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖީދީ މަގުގައި ޕާކުކޮށްފައި ހުރި 74 އުޅަނދެއް ޓޯކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖީދީމަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 74 އުޅަނދެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފިއެވެ.

ފުލުހުން މީޑިއާއަށް ދިން މަޢުލޫމާތުގައި ބުނެފައިވާ ގޮތުން، ފާއިތުވި ބުރާސްފަތި ދުވަހު ފެށި މި މަސައްކަތަކީ ޢާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރާމެދު އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ. މިގޮތުން ޓޯކުރެވޭ އުޅަނދުފަހަރު އޭގެ ވެރިންނަށް އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުންނެވެ.

ފުލުހުން ބުނި  ގޮތުގައި، ”އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މަގުތައް ބޭނުންކުރާ އެންމެނަށް ލުއިފަސޭހަވެ، ރައްކާތެރިވެގެންދާނެއެވެ. ރޭވި، ތަރުތީބުވެފައިވާ މަގުތަކާއެކު ދަތުރުފަތުރު ފަސޭހަވެ، އެކްސިޑެންޓްތައް މަދުވެ، އަދި ހިނގާ ބިނގާވެ އުޅުމަށް ފަސޭހަ، ފަހި ސިޓީއެއްގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިގެންދާނެއެވެ.“

މާލޭގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، ޕާކުކުރުމުގެ ދަތިކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރަމުން ގެންދެއެވެ. ޚާއްޞަކޮށް މަޖީދީމަގަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް މަގުކަމުގައިވާއިރު، ޕޭވްމަންޓުގެ ދެފަރާތުގައި ސައިކަލުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހިނގާ މީހުންނަށްވެސް މިކަމުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވެއެވެ.

ފުލުހުންވަނީ އުޅަނދުފަހަރު ޕާކުކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގައި އެކަނި ޕާކުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށް، މަގުތައް ރައްކާތެރިކޮށް، ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ބެހެއްޓުމަށް ޢާންމުންދޭ އެއްބާރުލުމަށްޓަކައި ޝުކުރުވެސް ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: