ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނުގެ ބަޔާން އަދިވެސް ނުލިބޭ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ފެންޓެނޯއީ ގެއިން ވެއްޓުނު ޔުމްނު ރަޝީދުގެ ބަޔާން އަދިވެސް ނުލިބޭކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެމުން ބުނެފައިވަނީ، މި މައްސަލައިގައި ޔުމްނުގެ ފަރާތުން ނަގަންޖެހޭ ބަޔާން ނެގުމަށް ތަކުރާރުކޮށް މަސައްކަތްކުރަމުން ދިޔަނަމަވެސް، އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ފުލުހުންނާ ހިއްސާކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ކުރިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ޔުމްނު މެލޭޝިއާއަށް ފަރުވާއަށް ފުރި ދުވަހުން ފެށިގެން ދެ ފުލުހުން އެ ގައުމުގައި ތިބިއިރު، އޭގެ ތެރެއިން އެކަކީ ޑޮކްޓަރެކެވެ. ނަމަވެސް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލުކުރިއިރުވެސް އެކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ހާމަކުރި ގޮތުގައި، މިހާތަނަށް މަސައްކަތް ކުރަމުން އައީ އާއިލާގެ އެއްބާރުލުން ލިބޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެއްބާރުލުން ނުލިބުމާ ގުޅިގެން، މިހާރު ވަނީ މެލޭޝިއާގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަސައްކަތް ފަށާފައެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީ ގެއިން ޖެހިގެން ހުރި އިމާރާތުގެ ފުރާޅު މައްޗަށެވެ. މި ހާދިސާގައި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

މި މައްސަލައިގައި ރައުދުގެ މައްޗަށް ކޯޓުގައި ވަނީ ދައުވާ އުފުލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: