ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއަރ އިންޑިއާ ހާދިސާގައި މަރުވި މީހުންގެ އަދަދު 270 އަށް އަރައިފި

އެއަރ އިންޑިއާގެ ފްލައިޓެއް ވެއްޓުނު ހާދިސާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުން އަދަދު 270އަށް އަރާފައިވާކަމަށް ޑޮކްޓަރުން ބުނެފިއެވެ.

ނޫސްތަކުން ބުނާގޮތުން އަހުމަދުއާބާދު ސަރަހައްދަށް ވެއްޓި ގޮވި އެއަރ އިންޑިއާގެ ފްލައިޓުގައި ތިބި މީހުންގެ އިތުރުން އެ އުޅަނދު ވެއްޓުނު ސަަރަހައްދުންވެސް ބައެއް މީހުން ނިޔާވެފައިވެއެވެ.

ލަންޑަނަށް ދިއުމަށް ދަތުރުފެށި އުޅަނދު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނުއިރު އޭރު އެ އުޅަނދު އޮތީ އާންމު ދިރިއުޅޭ ސަރަހައްދެއްގެ މަތީގައެވެ. މި ހާދިސާގައި އުޅަނދުގައި ތިބި 242 ފަސިންޖަރުންނާއި ކްރޫއިންގެ ތެރެއިން ސަލާމަތްވެފައި ވަނީ އެންމެ މީހެކެވެ.

އޮފިޝަލުން މަސައްކަތް ކުރަމުން ދަނީ އުޅަނދު ވެއްޓުނު ސަރަހައްދުގެ ބިންމަތީގައި ތިބި މީހުންގެ ތެރެއިން ނިޔާވެފައިވާ މީހުން އަދަދު ދެނެގަތުމަށްކަމަށް ވެސް ނޫސްތަކުން ބުނެއެވެ. އަދި އެވެރިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކާއި ޑީއެންއޭ މެޗު ހެދުން ހިމެނޭކަމަށްވެސް ފާހަގަކުރެއެވެ.

ހިތާމަ ފާޅުކުރުމުގެ ގޮތުން އިންޑިއާ އަދި އިނގިރޭސިވިލާތުގައި ވެސް އެއްވުންތައް ކުރިއަށް ގެންގޮސްފައިވާއިރު އިންޑިއާގެ މިފަދަ މައްސަލަތައް ބަލާ އިދާރާއިންދަނީ އުޅަނދު ވެއްޓުނު ގޮތް ބެލުމަށްޓަކައި ތަހުގީގުތައް ކުރަމުންނެވެ.

އެހީތެރި ވަނީ އެމެރިކާ އަދި އިނގިރޭސި އިދާރާތަކަކުން ކަމަށްވާއިރު މިހާރު އުޅަނދުގެ ކަޅުފޮށިވެސް ފެނިފައިކަން ފާހަގަކޮށްލެވެއެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ރާމް މޯހަން ނައިޑޫ ވިދާޅުވީ، އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ހާދިސާގެ ތަހުގީގުގައި ކުރިއެރުން އަންނާނެކަމަށެވެ.

އުޅަނދު ވެއްޓުނީ އަހްމަދުއާބާދުގެ އެއަރޕޯޓުން ނައްޓާލިތާ 60 ސިކުންތުވެސް ނުވަނީސްއެވެ. ވެއްޓުނު ވަގުތު ބޯޓު ގޮސް ޖެހިފައިވަނީ އެ ސަރަހައްދުގައި ހުރި ކޮލެޖެއްގައި ކިޔަވަމުން އަންނަ ޑޮކްޓަރުންގެ އެކަމަޑޭޝަންއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައެވެ.

މިހާރު އެ ކޮލެޖުން ވަނީ ހަށިގަނޑުތައް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. 270 މީހެއް ޖުމުލަކޮށް ނިޔާވެފައިވާކަމަށް މިވަގުތު ފެންނައިރު އޭގެ ތެރެއިން 241 މީހުންނަކީ ފަސިންޖަރުންކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: