ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިއު ސްޓަޑީސްގެ އެޑިއުކޭޝަން އެކްސްޕޯ މިފަހަރު ބާސެލޯގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކިއު ސްޓަޑީސްގެ އެޑިއުކޭޝަން އެކްސްޕޯ މިއަހަރު ބާސެލޯސްގައި ބޭއްވުމަށް ނިންމައިފިއެވެ.

މި އެކްސްޕޯއަކީ ބޭރަށް ކިޔަވަން ދާ ކުދިންނަށް ގައިޑުކޮށް ދިނުމަށާއި އަދި އެކި ގޮތް ގޮތުން ކިޔެވުމުގައި އެހީތެރިވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކިއު ސްޓަޑީސްއިން ކޮންމެ އަހަރަކުވެސް ބާއްވާ އިވެންޓެކެވެ.

މި ފަހަރުގެ އިވެންޓުގައިވެސް ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން އެކި ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ހިލޭ ސައިކޮމެޓްރިކް ޓެސްޓް އަދި އެޕްޓިޓިއުޑް ޓެސްޓް ހެދުމުގެ ކަންކަން އޮންނާނެއެވެ. އަދި އެކްސްޕޯގައި ވެސް ކުދިންނަށް ކެރިއަރ ގައިޑެންސް ދިނުމާއި އެފަދަ ކަންކަން އޮންނާނެއެވެ.

މީގެއިތުރުން އޭ ލެވެލް ނުވަތަ އޯ ލެވެލް ނިންމާ ދަރިވަރުންނަށް އެ ކުދިންގެ ކިޔެވުން ބައްޓަން ކުރުމަށް އެހީތެރިވުން ހިމެނެއެވެ.

މި އެކްސްޕޯގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކުގެ ރެޕްރެޒެންޓޭޓިިވްސް ހަރަކާތްތެރިވާނެއެވެ. އޭގެތެރޭގައި ޓެއިލަރސް ޔުނިވަރސިޓީ، ސަންވޭ ފަދަ ފާޙަގަކޮށްލެވޭ ޔުނިވަރސިޓީތަކުން ބައިވެރިވާނެއެވެ.

ކިއު ސަޓަޑީސްގެ އަބަދުވެސް އަމާޒަކީ ކުދިންނަށް ކިޔެވުމުގެ ކަންކަމުގައި ފަހި މައުހައުލެއް ހޯދައިދީ އެކުދިންނަށް ބޭރު ގައުމުތަކުގައި ކިޔެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މިފަހަރުގެ އެކްސްޕޯގައި ދިރާގުންވެސް ބައިވެރިވާ ކަމަށް ކިއު ސްޓަޑީސްއިން ވަނީ ބުނެފައެވެ. މި އަހަރުގެ އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 20 އަދި 21 ގައި 18:00 – 22:00 އަށް ބާސެލޯސް ނަސަންދުރާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: