ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކުގެ ނާކާމިޔާބީއާއިކެއު މަގުމަތީ ހަރަކާތްތައް 2013 ގައިވެސް ނުފަށާ: ނާޒިލް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކުގެ ނާކާމިޔާބީއާއިކެއު މީގެ ކުރިންވެސް އެމްޑީޕީން މަގުމަތީ ހަރާތްކަތަކަށް ވަގުތުން ނިކުމެފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ނާޒިލް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާއި ކުރިމަތި ލާން ޖެހުމުން، ޖެހިގެން އައިދުވަހު އޭރުވެސް މަގުމައްޗަށް ނުނިކުންނަ ކަމަށެވެ. އަދި ޖެހިޖެހިގެން 2014 ވަނަ އަހަރުގެ ތެރޭގައި މަޖިލިސް އިންތިހާބު ގެއްލުމުންވެސް އޭރުގެ ލީޑަރޝިޕުން ވަކި ކަންތައް ކުރެއްވި ގޮތް ތަފާތު ނޫން ކަމަށާއި މަގުމަތީ ހަރަކާތްތައް ވަގުތުން ނުފަށާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ މިފަހަރުވެސް 2023 ގެ އިންތިހާބު ގެއްލި، 2024ގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ގެއްލުނުތާ އަދި ވީ އަހަރެއް ކަމަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަހަރެއް ވެފައިވާއިރު މިހާރުގެ އެމްޑީޕީގެ ލީޑަރޝިޕުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

”ރައްޔިތުންނަށް މި ފެންނަ މަންޒަރަކީ މަގުމަތީގެ ހަރަކާތްތައް މަދުވީމަ، އެމަންޒަރު މި ފެންނަނީ. މަގުމަތީ ހަރަކާތްތައް މަދުވީމަ އެ ފެންނަ މަންޒަރުތަކާއި ގުޅިގެން ވާހަކަ ދެކެވެނީ ޕާޓީގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ސަރުކާރު ޖަވާބު ދާރީ ކުރުވުމުގައި ޕާޓީން މާބޮޑު ހަރަކާތްތަކެއް ނުހިންގާ ވާހަކަ. އަޅުގަނޑު ގަބޫލެއް ނުކުނަން މުޅިއަކުން ކަން ހިނގަނީ އެހެން ކަމަކަށް“

ނާޒިލް ވިދާޅުވީ 2013ގައި އިންތިހާބުތަކުން ޖެހިޖެހިގެން ބަލި ވުމަށްފަހު ޕާޓީ ހަރަކާތްތެރިވާން ފެށީ 2 އަހަރު ފަހުން ކަމަށެވެ. އެހެންނޫންނަމަ އޭރު އޮތް ވެރިކަމަށް 2 އަހަރާއި ބައިވި ހިސާބުން ކަމަށެވެ. ޕާޓިއަށް 20 އަހަރުވަމުންދާ އިރު ވަރަށް ގިނަ ކަންކަން ކުރެވޭ ކަމަށް ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ ފެށުނީއްސުރެ ޕާޓީގެ އޮނިގަނޑުތައް އޮތް ގޮތަށް ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށެވެ.

މީގއިތުރަށް ނާޒިލް ވިދާޅުވީ ޕާޓީގެ ތެރޭގައި ކުރެވޭ މަސައްކަތައް އާއްމު މެމްބަރުންނާއި ހިސާބަށް ގެންދިއުމުގައި ޕާޓީގެ ޗެއާޕާސަން އަދި ޕާޓީގެ ރައީސްވެސް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރާތް ކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: