ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ މަސައްކަތްތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ ދަށުން ސަރުކާރު ހުރިހާ ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި، ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަނާއި ”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ މަސައްކަތްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙެވެ.

މިއަހަރު ސެޕްޓެމްބަރު މަހަށް ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ. މި މަޝްރޫޢު 2 އަހަރު ދުވަހުން ނިމިގެންދާއިރު ކުލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ އިތުރުން ސްކޫލްތަކުގެ ހޯލްތައްވެސް ފިނިކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށްވެސް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރަށް ހުރިހާ ކްލާސް ރޫމްއެއްގައި އޭސީ ހަރުކުރުކޮށް ނިންމާލުން ކަމަށް ތަޢުލީމީ ވުޒާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ސްކޫލްތަކުގެ ކްލާސްރޫމްތައް ފިނިކުރުމަށް ހިންގާ ”ކޫލް ސްކޫލް“ މަޝްރޫޢު ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން 3704 ކްލާސްރޫމް އޭސީކުރުމަށް ނިންމާފައިވާއިރު މި އަހަރުގެ މޭ މަހުގެ ނިޔަލަށް 401 ކުލާސްރޫމްގައި 802 އޭސީ ހަރުކުރެވިފައިވެއެވެ،

މި މަޝްރޫޢުގެ ދަށުން ކްލާސްރޫމްތަކަށް ބޭނުންވާ އޭސީ ހޯދުމާއި، ހަރުކުރުމުގެ މަސައްކަތް ފެނަކާއި ޙަވާލުކޮށްފައި މިވަނީ  54 މިލިޔަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: