ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޒްބަކިސްތާންގެ އެމްބެސެޑަރ މިނިސްޓަރ ޑރ. ޢަލީ ހައިދަރާއި ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ އުޒްބަކިސްތާންގެ އެމްބެސެޑަރ، ހިޒް އެކްސެލެންސީ، މރ. ސަރޑޯރް ރުސްޓަމްބަހެވް ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) އަދި މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ދެ ދަޢުލަތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލެވިފައެވެ. އެގޮތުން، ސްޓާފް އެކްސްޖޭންޖް ޕްރޮގްރާމްތަކާއި ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

ހުރިހާ ފަރުދުންނަށް ވެސް އެމީހެއްގެ ޢިލްމާއި ހުނަރާއި ތަޖުރިބާއާއި އެއްގޮތްވާ ވަޒީފާތަކެއް ލިބިގެންދާނެކަން ކަށަވަރުކޮއްދިނުމަކީ ސަރުކާރުގެ މުޙިއްމު ސިޔާސަތެކެވެ. މި ސިޔާސަތައް ޢަމަލުކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ޓިވެޓް ޕްރޮގްރާމްތަށް މެދުވެރިކޮށް މަސައްކަތްތެރި ޒުވާނުން ބިނާކުރުމާއި ދިވެހިރާއްޖެއަށް ބޭނުންވާ މުޙިއްމު ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ މަގުފަހިވެގެންދާނެއެވެ.

މި ބައްދަލުވުމުގައި، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ސީ.އީ.އޯ، ޑރ. ޒަހްރާ މުޙައްމަދު އަދި މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ ބައިވެރިވަޑައިގަންނަވައިފައެވެ. މީގެ އިތުރުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު، ޑރ. ޢަލީ ހައިދަރު، ސްޓޭޓް މިނިސްޓަރ، ޑރ.ޢަބްދުއްރަޙީމް ޙަސަން، ސްޓޭޓް މިނިސްޓަރ، އަޙްމަދު ޝަފީއު އަދި ޑެޕިޢުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: