ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ 2 ވެރިކަމުގައިވެސް ސިޔާސީ ވެރިން ތިބީ ބަންދުގައި: ނާޒިމް

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ 2 ވެރިކަމުގައިވެސް ސިޔާސީ ވެރިން ތިބީ ބަންދުގައި ކަމަށާއި އެހެންނަމަވެސް މިއަދު މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ޖާގަ އޮތް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ގައުމެއް ބިނާ ކުރުމުގައި އެންމެ މުހިންމު އެއްކަމަކީ ސިޔާސީ ވެރިންނަށް މަސައްކަތް ކުރުމުގެ ޖާގަ އޮތުން ކަމަށެވެ. އަދި އެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ ޒަމާނެއް ރާއްޖޭހެ ވޭތުވެދިޔަ 15 އަހަރުގެ މަލްޓިޕާޓީ ދެކެފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގައުމުގެ ތަރައްގީގެ ވާހަކަ ދައްކާއިރު އަސާސީ ކަންކަމަށް ރިއާއަތް ނުކޮށް، އިމާރާތްތަކާއި ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ދައްކާކަމަށް ވާނަމަ އެކަން ވެގެންދާނީ ގައުމު ބިނާކުރުމަށް ވުރެ ބޮޑަށް ގައުމު ފަނާ ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަސާސީ ކަންކަން ރަނގަޅުނުކޮށް ރާއްޖޭގެ ސިޔާސީ ނިޒާމު ބައްޓަންކޮށް ދިވެހިންނަށް ތަރައްގީ ގެނެސްދެވޭނެ ކަމަށް ވިސްނުމަކީ ބޯދާ ވިސްނުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތީ އެކަން ކަށަވަރުކޮށްދެއްވަމުން. މަލްޓި ޕާޓީ ސިޔާސީ ވެރިކަމަކަށް ފުރުސަތު ދެއްވާނެކަން އަޅުގަނޑުމެންނަށް ޔަގީންކޮށްދެއްވަމުން. އެމަނިކުފާނުގެ އެއް ވައުދެއްގެ ގޮތުގައި ހެއްދެވީ ސިޔާސީ ލީޑަރުންނަށް މިނިވަންކަމާއެކު ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން. ގާނޫނީ އިމުން ބޭރުން އެއްވެސްގޮތަކަށް، ސިޔާސީ އެއްވެސް ފަރާތަކަށް އެއްވެސް ނުފޫޒެއް ބާރެއް ނާންނެކަމުގެ ކަށަވަރުކަން ދެމުން އެމަނިކުފާނު އެވަނީ އެ ވައުދު ފުއްދަވާފަ“

ނާޒިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ މިނިވަންކަމާއެކު ސިޔާސީ މަސައްކަތްތަކަށް ފުރުސަތު ދެވިފައި ކަމަށެވެ. ރައީސްގެ ސިޔާސަތަކީ އަބަދުވެސް މިމަގުން ގައުމު ބައްޓަން ކުރެއްވުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ އަބަދު ތާރީހުތައް އޮޅުވައިލައިގެން ނުވަތަ ހަގީގަތްތައް އޮޅުވައިލައިގެން އުޅެވެން ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: