ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލާ ޕްރޮޖެކްޓުގެ ސައިޓަކުން ވަގަށް ނެގި ތަކެތި 4 ގަޑިއިރުގެ ތެރޭގައި ހޯދައިފި

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ހިންނަވަރުގައި ހިންގަމުންދިޔަ ސޯލާ ޕްރޮޖެކްޓުގެ ސައިޓަކުން ވަގަށް ނެގި ތަކެތި، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރިތާ 4 ގަޑިއިރުގެ ތެރޭގައި ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައެވެ. މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުން ވަނީ ވަގަށް ނެގި ތަކެތި ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

ފުލުހުންގެ މަސައްކަތުން އެ ތަކެތި ފެނިފައިވަނީ ރަށުގެ އެކި ސަރަހައްދުތަކުން ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން، ބައެއް ތަކެތި ފެނިފައިވަނީ ހިންނަވަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރެއިން ކަމަށާއި، އަނެއްބައި ތަކެތި ފެނިފައިވަނީ އެ ރަށުގެ ފަޅުގެ ގޯއްޗަކުން ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.

ފުލުހުން ހޯދި ތަކެތީގެ ތެރޭގައި 1000 މީޓަރުގެ ޑީސީ ކޭބަލަކާއި، ކަޓްއޯފްއަކާއި، ވެލްޑިންގ ޕްލާންޓަކާއި، ޕެޓްރޯލް ހަންތަކަކާއި، އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެއް ހިމެނެއެވެ. ނަމަވެސް، އިލެކްޓްރިކް އިމްޕެކްޓް ޑްރިލް އަދިވެސް ވަނީ ނުފެނިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލައިގެ ތަޙުޤީޤު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށްވުމާއެކު، މިފަދަ 1,372 މައްސަލައެއް ވަނީ ރިޕޯޓުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: