ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިތަންމެ ރަނގަޅު ބިލެއް ހުށައެޅިޔަން އެމްޑީޕީން އެކަން ސިޔާސީ ކުރޭ: މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީން މަޖިލީހަށް ކިތަންމެ ރަނގަޅު ބިލެއް ހުށައެޅިޔަސް އެކަން އެމްޑީޕީގެ މެމްބަރުން ސިޔާސީ ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ހަމައެކަނި 5 އަހަރުގެ ދައުރަކުން ރައީސްއަކަށް ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ. ނިމިދިޔަ ސަރުކާރުގެ ދަރަނިތައް ދައްކާ، ޕްލޭންތައް ހަދައި، ދައުލަތައް ފައިސާ ވަންނާނެ ގޮތްތައް ހޯދާ، ރައްޔިތުންނަށް މަގު ކޮށައި ދިނުމަށްޓަކައި ތަރައްގީގެ މަޝްރޫއުތައް ހިންގާ މިފަދަ ކަންކަން ކުރާއިރު ހުންނަނީ 3 އަހަރު ވެފައި ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއި ހަމައަށް ރާއްޖޭގައި ވެރިން ކަންކޮށްފައިވާ ގޮތަށް ބަލާލަނުން މުހިންމު ކަމަށެވެ. ރާއްޖޭގެ އެކި މަޝްރޫއުތައް މޯގޭޖްކޮށް ޖީބުތަކަށް ވެރިން ދިޔައީ ފައިސާ އަޅަަމުން ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ މިއަދު އަވައްޓެރި ލަންކާ ގޮސްފައިވާ ހާލަތައް މިގައުމު ނުގެންގޮސް ހިފެހެއްޓީ ރައީސް މުއިއްޒު ކަމަށެވެ.

”މިއަދު މިފަދަ ވާހަކަ ދައްކަން ޖެހެނީ ގައުމުގެ ހައްގުގައި ރައްޔިތުންގެ ހައްގުގައި. ރަށްރަށުގައި ކައުންސިލަރުން ޒިންމާދާރު ކަމާއިއެކު އެބޭފުޅުންނަށް ރައްޔިތުންގެ ހައްގުގައި މަސައްކަތްތަކެއް ކުރެވޭކަމަކަށް ދިވެހިރާއްޖޭގެ ގިން ރައްޔިތުން ގަބޫލު ފުޅެއް ނުކުރައްވާ. އެހެންވީމާ އަޅުގަނޑުމެން މިދަންނަވަނީ އެ ގާނޫނުގައި އޮތް ބަދަލުތަކެއް ގެންނަން ޖެހެއޭ“

މެމްބަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކިތަންމެ ރަނގަޅު ބިލެއް ހުށައެޅިޔަސް ކިތަންމެ ރަނގަޅު ގާނޫނެއް ގެނެއި ކަމުގައި ވީނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ގައުމުގެ ހައްގުގައި ވާހަކަފުޅު ދައްކަވާ އެމްޑީޕީގެ އެއްވެސް މެމްބަރެއް ނެތް ކަމަށެވެ. ސިޔާސީ މަންފާ އޭގެތެރެއިން ހާސިލް ކުރުމަށްޓަކައި ވާހަކަ ދައްކަވާ މަންޒަު ފެންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެއިތުރަށް މެމްބަރު ވިދާޅުވީ މިއީ ޒިންމާދާރު މެމްބަރުން ކުރައްވާ ކަންކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: