ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު ހިކުމަތަކީ ނުހުއްޓި ނިންމޭނެ ނިޒާމެއްގެ ތެރެއިން ޕްރޮޖެކްޓުތައް ހިންގަމުން ދިއުން: މުފީދު

މެމްބަރު މުފީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ރާއްޖޭގެ އެންމެ ބޮޑު ހިކުމަތަކީ ތަރުތީބުކުރެވި ނުހުއްޓި ކުރިއަށް ގެންދެވޭނެ ނިޒާމެއްގެ ތެރެއިން ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސް ނިންމަމުން ދިއުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދް އަބްދުލް ގާދިރު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު މުފީދް ވިދާޅުވީ، ދިވެހީންގެ ރާއްޖޭގެ އެންމެ ބޮޑު ހިކުމަތަކީ ތަރުތީބުވެ ނުހުއްޓި ކުރިއަށް ގެންދެވޭނެ ނިޒާމެއްގެ ތެރެއިން ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުންކަމަށެވެ. އަދި އެއީ ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ވަރަށް ބޮޑު ނިއުމަތެއްކަމަށެވެ. މެމްބަރު ވިދާޅުވީ، ކުކުޅެއްގެ ގާތަށް ހަނޑޫ މުށެއް އަޅާލުމުން އެއީ ބާސްމަތީ ހަނޑުނަމަވެސް ހާވާލާނެކަމަށާއި އެއަށް ކިޔަނީ އުދަބާނީ ޖަހާލުންކަމަށެވެ.

މެމްބަރު ވިދާޅުވީ، އެގޮތުގެ މަތިން އަމަލުކޮށްފައިވާ މާޒީވެދިޔަ ވެރިކަންތަކުގައި ހާވާފައިވާ ހޭވުންތަކެއް އިސްލާހުކުރަން ޖެހިފައިވަނީ މިއަދު އޮތް ޕީއެންސީގެ ސަރުކާރަށްކަމަށެވެ. އަދި މި ސަރުކާރަށް އިޖްތިސާދު މެނޭޖުކުރަން އެނގޭކަން ދޭހަވާ އެއްކަމަކީ ދައުލަތަށް ވާރުތަވެގެން އައި ދެވަށް ދޮންކޭލާއި ކިރުތަށީގެ ތެރެއިން ނަގާފައިވާ ލޯނުތައް ދައްކަމުން އަލަށް ޕްރޮޖެކްޓުތައް ރާވައި ހިންގާ ނިންމަމުން ދިއުމުންކަމަށެވެ.

މުފީދް ވިދާޅުވީ، ޕީއެންސީއަކީ އަބަދުވެސް ގައުމަށްޓަކައި ވަފާތެރި ބައެއްކަމަށާއި ޕާޓީގެ ޕޯޑިއަމްއަކީ ވަރަށް މަޑުމައިތިރި ހުލްގުހެޔޮ ތަރުތީބު ކުރެވިފައިވާ ޕޯޑިއަމްއެއްކަމަށެވެ. ނަމަވެސް ރައީސް އޮފީހަށް ގެންދިއުމަށްފަހު މެމްބަރުންނަށް ރިވެތި އުސޫލުތަކުގެ މަތީގައި ބަސްމަގު ހިފެހެއްޓުމަށް ނަސޭހަތްތެރިކަންވެސް ދެއްވާފައިވާކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި ތިއްބެވި ބޭފުޅުން ނޫނީ އެ މަގާމަށް އަލުން ވާސިލުވުމަށްޓަކައި އެދިވަޑައިގަންނަވާ ފަރާތްތަކުން އެފަދަ އުންމީދެއް ގެންގުޅުމަކީ ގޯހެއް ނޫންކަމަށެވެ. ނަމަވެސް ފަހުރުވެރި ދިވެހީންގެ ރާއްޖޭގެ ކުރިމަގަށް ހުރަސް އެޅުމަކީ ގޯހެއްކަމަށާއި އެކަން ހަޖަމުކޮށްލައިގެން ނުތިބެވޭނެކަމަށެވެ.

މުފީދް ވިދާޅުވީ، ސަރުކާރުގެ އަމަލުތަކުން ރާއްޖެއަށް އާރޯކަން ގެނުވާފައިވާކަން ދިވެހިން ގަބޫލުކުރާކަމަށެވެ. އަދި އެއީ ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށާއި ދިވެހިންނަކީ މިނިވަން މުސްތަގިއްލު ބައެއްކަން މިއަދު އިހުސާސްކުރެވޭކަމަށެވެ. މެމްބަރު ވިދާޅުވީ، ލާރި ދޭނެ ބަޔަކު ނޫނީ ގޯނިން ނަގައި އޮއްސާލަދޭނެ ބަޔަކު ތިބިނަމަވެސް ޕީއެންސީން ބޭނުންވަނީ މިންވަރު ދަނެގެން ކަންކަމުގައި ކުރިއަށް ދިއުމަށްކަމަށެވެ. އެހެންކަމުން ރައީސް ޑރ މުއިއްޒުއަކީ އެމަނިކުފާނަށްޓަކައި ދިވެހިން ފަހުރުވެރިވުން ހައްގު ވެރިއެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: