ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެހެރާން ހުސްކުރުމަށް ޓްރަމްޕު އިރުޝާދު ދީފި

އިސްރާއީލާއި އީރާނުގެ ދިދަ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ވެރި ރަށް ހުސްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިރުޝާދު ދީފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ފަސް ދުވަހަށް ދިގު ދެމިގޮސްފައިވާ ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން އިސްރާއީލުން ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންދާކަމަށް ފެނިގެންދާކަމަށެވެ. އަދި އަނެއްކާވެސް އީރާނުގެ ނިއުކްލިއަރ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހާއްސަ މަސައްކަތްތަކެއްވެސް ކޮށްފައިވާކަމަށެވެ. މި ހަމަލާތައް ދިނީ ޓްރަމްޕުގެ ފަރާތުން އީރާނުގެ ވެރި ރަށް ހުސްކުރުމަށް އަންގައި ބިރުވެރި މެސެޖެއް އާންމުކޮށްފައިވަނިކޮށެވެ.

ދާދި ފަހުން އާންމުކުރެއްވި މެސެޖެއްގައި ޓްރަމްޕު ވިދާޅުވީ، އީރާނުގެ އަތަށް ނިއުކްލިއަރ ހަތިޔާރެއް ލިބިގެން ނުވާނެކަމަށެވެ. އަދި ކެނެޑާގައި ބޭއްވި ޖީސެވެން ސަމިޓު ބައްދަލުވުމެއް ކުރުކޮށްލުމަށްފަހު އާންމުކުރެއްވި މެސެޖެއްގައި އޭނާވަނީ ވަގުތުން ވަގުތަށް ޓެހެރާން ހުސްކުރުމަށް އެދިވަޑައިގެންފައިކަމަށްވެސް ނޫސްތަކުން ބުނެއެވެ.

ނަމަވެސް ޓްރަމްޕުވަނީ އޭނާ ބައްދަލުވުން ކުރުކޮށްލެއްވީ ދެ ގައުމުގެ ދެމެދު ސުލްހަ ގާއިމުކުރުމަށްޓަކައި މަޝްވަރާތަކެއް ފެށުމުގެ ގޮތުންކަން ދޮގުކުރައްވާފައެވެ.  އަދި ހަމަލާތައް ހުއްޓާލުމަށް މަސައްކަތްނުކުރައްވާކަމަށާއި އެއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުއްވުމަށް އުންމީދުކުރައްވާކަމަށެވެ. ޓެހެރާން ހުސްކުރުމަށް އިރުޝާދު ދިނުމާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެ ވާހަކަތައް ދެއްކެވީ އެންމެންވެސް ރައްކައުތެރިވުމަށް އެދިވަޑައިގަންނަވާތީކަމަށެވެ.

އިސްރާއީލުންވެސް ވަނީ ޓްރަމްޕު ވާހަކަތަކުގެ ކުރިން ޓެހެރާންގެ ގާތުގައި ތިން ލައްކައެއްހާ ރައްޔިތުން ދިރިއުޅޭ ސަރަހައްދެއް ހުސްކުރުމަށް އަންގާފައެވެ. ޓެހެރާންއަކީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ސިޓީއެވެ. އެތަނުގައި 10 މިލިއަނެއްހާ ރައްޔިތުން ދިރިއުޅޭއިރު އެއީ މުޅި އިސްރާއީލުގެ އާބާދީއާއި ދާދީ އެއްވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: