ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ޑޭ ހަމަނުޖެހުން މައްސަލައިގެ ބައެއް ދައުވާތައް މުރާޖައާކޮށް ކުރިޔަށް ނުގެންދަން ނިންމައިފި

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ޔޯގާ ޑޭ މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލަން ގޮވާލުން/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ދަނޑުގައި ޔޯގާ ޑޭގެ ހަރަކާތްތައް ކުރިޔަށް ގެންދަނިކޮށް، ފުލުހުންގެ ސެކިއުރިޓީ ފޫއަޅުވާލައި ތަނުުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުންގެ މައްޗަށް ކުރާ ދައުވާތައް މުރާޖައާކޮށް ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

2022، ޖޫން 22 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ރާއްޖޭގައި ފާހަގަ ކުރުމަށް ކުރީ ސަރުކާރުން ނިންމައި ހަރަކާތް ކުރިޔަށް ގެންދިޔައީ ވެސް، އެކަމާއި ދެކޮޅަށް ދީނީ އިލްމުވެރިންނާއި ބައެއް އާއްމުން ގޮވާލާފައިވަނިކޮށެވެ. ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ އޭރުގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމު ކުރި ބަޔާނެއްގައި ބުނީ، ގަލޮޅު ސްޓޭޑިއަމްގައި ޔޯގާ ޑޭ ހަރަކާތްތައް ކުރިޔަށް ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ކުރި ދައުވާތައް މުރާޖައާ ކުރުމަށް އެދި އެ ދައުވާ އުފުލާފައިވާ ފަރާތްތަކުން އޮތީ ހުށަހަޅާފައިކަމަށެވެ.

މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އެ ހުށަހެޅުން މުރާޖައާކޮށް ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދީ އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހުން ފިޔަވައި އެހެން މީހުންގެ މައްޗަށް ކުރާ ދައުވާތައް ކުރިޔަށް ނުގެންދިއުމަށް ނިންމާފަ އެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރި ދައުވާތައް އިތުރަށް ކުރިޔަށް ނުގެންދިއުމަށެވެ.

ޕީޖީ ބުނީ ދައުވާތައް މުރާޖައާ ކުރުމުގައި ކުށުގެ އަމަލު ހިނގައި ދިޔައީ ޔޯގާ ދުވަހުގެ ހަރަކާތްތައް ހިންގުމާއި މެދު އުފެދުނު ޖަޒުބާތުތަކުގެ ތެރެއިންކަމަށްވުމާއި މައްސަލަ ކޯޓުގައި ކުރިޔަށް ނުގެންދެވި އެކަށީގެންވާ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި ދައުވާ ލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި އެ މީހުން މުޖްތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.

އެހެންކަމުން ދެން ކޯޓުގައި ކުރިޔަށް ދާނީ ޔޯގާ ދުވަހުގެ ހަރަކާތްތަކުގެ ބައިވެރިންނަށް ހަމަލާ ދީ އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވީކަމަށް ހެކި ލިބިފައިވާ މީހުންގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މައްޗަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

ޔޯގާ ޑޭގެ ހަމަނުޖެހުންތައް ހިނގުމުގެ ކުރިން އެ ހަރަކާތް ކުރިޔަށް ނުގެންދެވޭނެކަމަށް އެ ސަރަހައްދަށް އެއްވެ ބައެއް އާއްމުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެއްވުމުގެ ބައިވެރިން ދަނޑުގެ ތެރެއަށް ވަނުމަށް މަސައްކަތްކޮށް، ކުއްލި ގޮތަކަށް ފުލުހުންގެ ސަފުތައް ފޫ އަޅުވާލި ގޮތާއި މެދު ވަނީ ސުވާލު އުފެދި މައްސަލަ ބަލާފައި އެވެ.

ބައެއް މީހުން ތުހުމަތު ކުރާ ގޮތުން، އެދުވަހު އެ މީހުންނަށް ދަނޑުގެ ތެރެއަށް ވަދެވުނީ ފުލުހުން އެ ފުރުސަތު ދިނުމުންނެވެ. އަދި އޭގެ ސަބަބުން ދަނޑުގެ ތެރެއަށް ވަތް މީހުން ހަމަނުޖެހުން އުފައްދައި، އެތަނުގެ ތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: