ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ޗައިނާއަށް ފުރާވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމް ޗައިނާގެ ކުންމިންގއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ 6 ވަނަ ސައުތު އޭޝިއާ ޗައިނާ ކޯޕަރޭޝަން ފޯރަމްއާއި 9 ވަނަ ސައުތު އޭޝިއާ ޗައިނާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމް އާއި އެކްސްޕޯގައި މަޖިލީހުގެ ނައިބު ރައީސް ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. ދަތުރުފުޅުގައި، ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްއާއި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ނާޒިމް ތަޤްރީރުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ބައިވެރިވެވަޑައިގަންނަވައެވެ.

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 17އިން 21އަށް ޗައިނާގެ ކުންމިންގގައެވެ .ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރައްވަނީ ޗައިނާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: