ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: ފުލުހުން

ފުލުހުންގެ އިދާރާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެގޮތަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެގޮތަށް ޕާކްކޮށްފައިވާ އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެގޮތުގެމަތިން ޓޯ ކުރެވޭ އުޅަނދުތައް ދޫކުރެވޭނީވެސް 48 ގަޑިއިރުގެ ތެރޭގައެވެ.

ފުލުހުން ވަނީ އުޅަނދުތައް ޕާކް ކުރުމަށް ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކް ކުރުމަށްވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެމުންދާ އެއްބާރުލުންވެސް ފުލުހުން ވަނީ ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި މިގޮތުގެ މަތިން އެންގުންތައް އަންގައި މަގުމަތީގެ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒު ކުރުމާ ގުޅޭ ފިޔަވަޅުތައް އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: