ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ އިސްލާހުތަކުގެ މަގުސަދަކީ ހަރަދު ކުޑަކުރުމެއް ނޫން: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމަށް އިސްލާހުތަކެއް ގެނައުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނިޔަތަކީ ހަރަދު ކުޑަކުރުން ނޫންކަން ޔަގީންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދު ވިދާޅުވީ، މި މަސައްކަތްތަކާއި ގުޅިގެން މަޖިލީހަށް ހުށައެޅިފައިވާ ގާރާރާއިމެދު އެމްޑީޕީގެ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވަނީ ކައުންސިލަރުންގެ އަދަދުތައް މަދުކުރުމަށާއި ހަރަދުތައް ކުޑަކުރުމަށްކަމަށްވާއިރު އަދަދު ސުމަކަށް ހެދުމަށް ފުރުސަތު ނެތްކަމަށެވެ.

އެހެންކަމުން ހުށައަޅާފައިވަނީ 5 މެމްބަރުން ތިއްބަވާ ތަނަށް 3 މެމްބަރުންގެ އިތުރުން ނަން އެކްސެކިއުޓިވް ދެ މެމްބަރަކު ތިބޭ ގޮތަށް ބަދަލުކުރުމަށް ކަމަށެވެ. އެއީ ބޯޑެއްގެ އުސޫލުން ވިސްނާފައިކަމަށް އިޝާރާތްކުރެއްވިއިރު އާންމު އުސޫލުން ބޯޑެއްގައި އިންނަވާ އެފަދަ މެމްބަރަކަށް ސިޓިންގް އެލޮވެންސަކާއިއެކު މަހެއްގެ މައްޗަށް ދިހަ ވަރަކަށް ހާސް ރުފިޔާ ލިބޭނެކަމަށް ފާހަގަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، އާންމު ކައުންސިލު މެމްބަރަކަށް ލިބެނީ ފަނަރަ ހާސް ރުފިޔާ ވަރުކަމަށް ވުމުން ސަލާމަތްކުރެވިގެންދަނީ ފަސްހާސް ރުފިޔާ އާއި ގާތްކުރާ އަދަދެއްކަމަށެވެ.  ނަމަވެސް އިވިގެންދާ މާލީ ހިސާބުތަކަށް ބަލާލުމުން މަސައްކަތްތަކެއް ކުރަމުންދަނީ ހަރަދު ކުޑަކުރުމަށްކަމަށް ގަބޫލުނުކުރެއްވޭކަމަށް ވިދާޅުވިއެވެ. އަދި އެކި ރަށްތަކުގައި މަސް ނިމޭ ގޮތަށް ސޮއިކޮށްލާފައި ތިބޭ ގޮތަށް 60 ވަރަކަށް އެސްޕީޑީން ތިބިކަމަށާއި ރޯޑް ކޯޕަރޭޝަން ފަދަ ތަންތަނަށް ސުޕަވައިޒާރ ލެވެލްގައި ގިނަ ބަޔަކު ނަގާފައި ތިބިއިރު އެ ބޭފުޅުންގެ ތެރެއިން ބައެއް މީހުން ވައިބަރ މެދުވެރިކޮށް ހާޒިރީ އެންގުމަށްފަހު މާލޭގައި ޓެކްސީ ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަންވެސް ފާހަގަކުރެއްވިފައިވާކަމަށެވެ.

މެމްބަރު ވިދާޅުވީ ބަޖެޓުގައިވާގޮތުން އެގްރޯނެޓަކީ އުވާލަންޖެހިފައިވާ ކުންފުންޏެއްކަމަށެވެ. ނަމަވެސް އެ ކުންފުންޏަށްވެސް ޑީއެމްޑީ ފެންވަރުގައި މީހުން އައްޔަނުކޮށްފައިވާކަމަށާއި ވަޒީފާއަށް ހާޒިރުވާން ނުޖެހޭކަމަށެވެ. އެހެންކަމުން ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތްކުރުމުގެ ފަހަތުގައިވާ ހަގީގީ ނިޔަތަކީ ކޮބައިކަން ނޭނގޭއިރު ޔަގީނުންވެސް ހަރަދުކުޑަކުރުމާއި ގުޅުމެއް ނެތްކަން އެނގޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: