ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ނިމިއްޖެ

ފޮޓޯ: އެމް.ޓީ.ސީ.ސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކުތައް ޑީޒައިންކޮށް ފެބްރިކޭޓްކުރުމުގެ މަސައްކަތް އެމްޓީސީސީއިން ނިމްމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން ޓޭންކުތަކުގައި އިތުރު ފަށަލައެއް ލުމުގެ ގޮތުން ކޮންޓްކްރީޓް ޖެހުމުގެ މަސައްކަތާއި، 2 ފިއުލް ޓޭންކު ހަރުކޮށް ފެބްރިކޭޓްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެއީ 80،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ޓޭންކުތަކެކެވެ.

އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫއު ނިމުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޯށްދިނުމުގައި ސްޓެލްކޯއަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބި ޚިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެެއް ލިބޭނެ ކަމަށް ޤަބޫލުކުރާކަމަށެވެ.

މިދިޔަ ރޯދަމަހާ ދިމާކޮށް ކަރަންޓު ބޭނުންކުރާނެ މިންވަރު އިތުރުވާނެތީ، ހުޅުމާލޭގައި ވަގުތީ އިންޖީނުގެއެއް ހުޅުވާފައިވަނީ މާޗްމަހުގެ ތެރޭގައެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މާޗް މަހުގެ 10ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: