ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީގެ ގޮތުގައި މެއިމަހު 50 މިލިއަން ރުފިޔާ!

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ މެއި މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީގެ ގޮތުގައި 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާކަން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 14،308 މީހުން ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، އޭގެ ތެރޭގައި އަލަށް ރަޖިސްޓްރީ ކުރެވުނު 154 މީހަކު ހިމެނެއެވެ.

މީގެ އިތުރުން، ދަފްތަރުގައި ހިމެނޭ 14،144 މީހަކަށް މާލީ އެހީ ފޯރުކޮށްދެވިފައިވާއިރު، މާލީ އެހީގެ ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 50،768،000 (ފަންސާސް މިލިއަން ހަތްލައްކަ ފަސްދޮޅަސް އަށްހާސް) އެވެ.

މި ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިން ތަމްސީލު ކުރާނެ މެމްބަރަކު ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގައި ހިމެނުއްވުމަށްވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެއީވެސް އެފަދަ ކުދިން ބާރުވެރި ކުރުވުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: