ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެގްނާރ ގުރޫޕުން އެފްރިކާގައި ޖަރީމާތަކެއް ހިންގާކަމުގެ ތުހުމަތު!

ސެންޓްރަލް އެފްރިކަން ސްޕެޝަލް ފޯސަސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ވެގްނާރ ގުރޫޕުން ހުޅަނގު އެފްރިކާގައި ޖަރީމާތައް ހިންގުމަށް ބާރުއަޅައި މަސައްކަތްތަކެއް ކުރަމުންދާކަމުގެ ރިޕޯޓެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށައަޅައިިފިއެވެ.

ނޫސްތަކުން ބުނާގޮތުން ސިއްރުކުރެވިފައިވާ ފަރާތަކުންވަނީ އައިސީސީއަށް ވެގްނާރ ގުރޫޕާއި ގުޅުންހުރި ރިޕޯޓެއް ރިވިއުކުރުމަށް ހުށައަޅާފައެވެ. މި ރިޕޯޓުގައި ތުހުމަތުކުރާގޮތުން ރަޝިއާއާއި ގުޅުން އޮތްކަމަށް ބުނާ ވެގްނާރ ގުރޫޕުންވަނީ ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައެވެ. މިގޮތުން އެ ޖަމާއަތުން ހުޅަނގު އެފްރިކާގައި ހިންގަމުންދާ ބޮޑެތި ޖަރީމާތަކުގެ މަންޒަރުތަކެއް ސޯޝަލްމީޑިއާގައި ދައުރުކޮށްފައިވާކަމަށާއި މީގެ ތެރޭގައި އިންސާނުންގެ މަސް ކެއުން ފަދަ އަމަލުތައްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.،

ދައުރުކުރަމުންދާ ވީޑިއޯތަކުން އަސްކަރީ އުނިފޯމުތައް އަޅައިގެން ތިބި ބަޔަކު އިންސާނުންތަކެއް ހަށިގަނޑު ފޮތިފޮތިކުރާ މަންޒަރު ފެނިގެންދެއެވެ. އަދި ގުނަވަންތައް ނަގައި އެތަކެއްޗާއިއެކު ފޮޓޯއަށް ހުއްޓުން ފަދަ އަމަލުތައްވެސް ހިންގާއިރު ގުވަންތައް ކާލަން އުޅޭކަމަށް ބުޏާ އަޑުވެސް އިވިގެންދާކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން އެފްރިކާގެ ދެކުނު ސަރަހައްދުތަކުގައިވެސް އަނިޔާވެރިކަންވަނީ އިންތިހާ ދަރަޖައަށް އަރައިގެން ގޮސްފައެވެ. އެ ސަރަހައްދުތަކުގައި އަސްކަރީ ގޮތުން ގާއިމުކުރެވިފައިވާ ސަރުކާރުތަކުންދަނީ ބަރު ހަތިޔާރާއިއެކު ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތްތަކާއި ހަނގުރާމަ ކުރަމުންކަމަށްވާއިރު ބައެއް ސަރުކާރުތަކުންވަނީ މީގެ ކުރިން ގުޅުން ބަދަހިކަމަށް ފެނިގެންދާ ގައުމުތަކާއި ގުޅުން ކަނޑާލުމަށްފަހު ރަޝިއާއި ގުޅުން ގާއިމުކޮށްފައިކަމަށްވެސް ބުނެފައިވެއެވެ. ރަޝިއާއާއި ގުޅުން ބަދަހިކޮށްފައިވާ ގައުމުތަކުގެ ތެރޭގައި މާލީ ބުރުކީނާ ފާސޯ އަދި ނައިޖާރ ހިމެނެއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުންނާއި އެ ސަރަހައްދުތަކަށް ދަތުރުކޮށް ކަންކަން ގާތުން ބަލަމުންދާ ފަރާތްތަކުން ބުނާގޮތުން ބޮޑެތި ޖަރީމާތަކަކަށް ޖާގަ ލިބިގެން ގޮސްފައިވަނީ އެ ސަރަހައްދުތަކުގެ ސަރުކާރުތަކުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުންނެވެ. އަދި މިފަހުގެ ތާރީހުގައި މިފަދަ ލާއިންސާނީ އަމަލުތައް ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: