ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނަށް ދިން ހަމަލާތައް ވަރަށް ކާމިޔާބު، ސުލްހަ ގާއިމްނުކޮށްފި ނަމަ ހަމަލާތައް ވަރުގަދަ ކުރާނަން: ޓްރަމްޕަ

އެމެރިކާއިން އިރާނަށް ހަމަލާ ދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމިކާއިން އީރާނުގެ ތިން ނިއުކްލިއަރ ސައިޓަށް ބޮން އަޅައިފިއެވެ.

އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް ބޮން އަޅައިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޓްރަމް ވިދާޅުވީ އީރާނުގެ ފޯޑޯ، ނަތާންޒް އަދި އިސްފަހާނަށް ބޮން އަޅައިފައިވާ ކަމަށާއި އެއީ ވަރަށް ކާމިޔާބު ހަމަލާތަކެއް ކަމަށެވެ. އީރާނަށް ދީފައިވާ ހަމަލާތަކައި ގުޅިގެން ޓްރަމްޕް ވިދާޅުވީ މެދު އިރުމަތީގެ އެންމެ ބޮޑު ބުލީއަކީ އީރާން ކަމަށާއި މިވަތުން އީރާނުން ސުލްހަ ގާއިމްކުރަން ޖެހޭ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މިކަމުގައި އީރާނުން ސުލްހަ ގާއިމްނުކޮށްފި ނަމަ މިއަށްވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ މިދިޔަ އަހަރު ތަކުގައި އެތައް ގޮތަކުން އީރާނުން ދަނީ އިޒްރޭލާއި އަދި އެމެރިކާގެ މީހުން މަރަމުން ކަމަށެވެ.

އެހެންކަމުން މިވަގުތުން ވަގުތައް ސުލްހަ ގާއިމްނުކޮށްފި ނަމަ ކުރިއަށް އޮތް ތަނުގައި ހަމަލާތައްމިއަށް ވުރެ ވަރުގަދަ ވާނެ ކަމަށާއި އެކަން ކުރަން ފަސޭހަވާނެ ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ.

އެމެރިކާއިން އީރާނުގެ ތިން ސަރަހައްދަކަށް ހަމަލާ ދީފައިވާއިރު ބައިނަލްއަގުވާމީ އެކި އިދާރާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފޯޑޯއަށް ހަމަލާ ދެވޭވަރުގެ ”ބަންކަރ ބަސްޓަރ“ ބޮން ހުރީ ހަމައެކަނި އެމެރިކާގެ އަތުގައެވެ. އެމެރިކާއިން ފޯޑޯއަށް ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ GBU-57 މެސިވް އޯޑްނެންސް ޕެނެޓްރޭޓަރ (މޮޕް) ނަމަކަށް ކިޔާ ބޮމެކެވެ.

މިއީ އެންމެ އަޑީ ބިންގަރާހުގައި ހުންނަ ސައިޓުތައް ނައްތާލެވޭ ވަރުގެ ނުރައްކާތެރި ބޮމެއް ކަމަށް ވެއެވެ. މި ބޮމުގައި 13،000 ކިލޯ ހުންނައިރު ކޮންކްރިޓްގެ 60 ފޫޓު އަދި ބިމުގެ 200 ފޫޓަށް މި ބޮމަށް ވާސިލް ވެވެއެވެ. އެހެންނަމަވެސް ފޯޑޯގެ މި ސައިޓަށް ކާމިޔާބުކަމާއެކު ހަމަލާ ދެވިފައިވާ ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެހެންނަމަވެސް އެހާ އަޑީގައިިވާ ޓަނަލަކަށް ހަމަލާ ދެވޭނެ އެންމެ ވަރުގަދަ ބޮމަކީ މޮޕް ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: