ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާރސްކް ސަރަހައްދުގައި އެކަނިވެސް ރަޝިއާގެ 10،000 ސިފައިން!

ރަޝިއާގެ ސިފައިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކާރސްކު ސަރަހައްދުގައި އެ ގައުމުގެ 10،000 ސިފައިން ހަނގުރާމައިގެ ތެރޭގައި ހަރަކާތްތެރިވަމުންދާކަމަށް ރަޝިއާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ނޫސްތަކުން ބުނާގޮތުން ކާރސްކުގެ 90 އަކަ ކިލޯމީޓަރު ސަރަހައްދެއްގެ މައްޗަށް ބާރު ހިންގަމުންދަނީ ޔޫކްރެއިންކަމަށެވެ. އަދި ރަޝިއާއިންދަނީ އެ ސަރަހައްދު އެއްކޮށް އެ ގައުމުގެ ބާރުގެ ދަށަށް މަސައްކަތްކުރަމުންކަމަށާއި އެތަނުގައި ޔޫކްރެއިން ހަރަކާތްތެރިވަމުންދަނީ ރަޝިއާއިން ދީފާނެކަމަށް ލަފާކުރެވޭ ހަމަލާތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުންކަމަށް އަސްކަރީ އޮފިޝަލުން ބުނާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޔޫކްރެއިންއިން ބުނާގޮތުން ކާރސްކް ސަރަހައްދުގައި އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ބައެއް މުހިންމު އެހެނިހެން ސަރަހައްދުތަކަށް ރަޝިއާގެ ސިފައިން އެރުމުގެ ނުރައްކާތައް ކުރިމަތި ނުވާނެކަން ކަށަވަރުވެގެންދެއެވެ. ނަމަވެސް ހަނގުރާމައިގެ މައިދާން އެކި ސަރަހައްދުތަކަށް ފުޅާވެފައިވާއިރު އެންމެ އިސް ސަފުގައި އަދިވެސް ކުރަމުންދަނީ ދަތި އުނދަގޫ މަސައްކަތްތަކެއް ކަން ރިޕޯޓުތަކުން ފާހަގަކުރެވެއެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނާގޮތުން މޭ މަހާއި ޖޫން މަހުގެ ތެރޭގައި ރަޝިއާގެ އަސްކަރިއްޔާއިންވަނީ ހަނގުރާމައިގެ ތެރޭގައި ކުރިއެރުންތައް ހޯދާފައެވެ. ނަމަވެސް އެ ކާމިޔާބުތައް ލިބިގެންދިޔައީ ބޮޑެތި ގުރުބާނީތަކެއް ވެގެންކަމަށް ފާހަގަކޮށްފައިވެއެވެ. ރަޝިއާގެ އަސްކަރިއްޔާއިންދަނީ ޑްރޯން އަދި މިސައިލު ބޭނުންކޮށްގެން ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ. ހާއްސަކޮށް މައިދާނުގެ އެންމެ ކުރީ ސަފާއި ދުރުން ހަމަލާތައް ދެމުންދާއިރު ޔޫކްރެއިން އިން ބުނާގޮތުން އެ ގައުމުގެ އަސްކަރިއްޔާއިންދަނީ އެފަދަ ހަމަލާތަކުގެ 82 އިންސައްތަ މަތަ ކުރަމުންނެވެ.

ނަމަވެސް ރަޝިއާގެ ހަމަލާތައް އެއްކޮށް ހުއްޓުވާލުމަށްޓަކައި އިތުރު ސާފެސް ޓު އެއަރ މިސައިލު ސިސްޓަމްތައް ބޭނުންވާކަމަށާއި މުހިންމު ވަސީލަތްތައް ރައްކައުތެރިކުރުމަށް އެތަކެތި ބޭނުންތެރިކަމަށެވެ. އެ ގައުމުގެ އެއަރފޯސްއިން ދަނީ ލުއި އުޅަނދުތައްވެސް ބޭނުން ކުރުމަށްޓަކައި މަގުތަކެއް ހޯދަމުންކަމަށް މައުލޫމާތު ދީފައިވާއިރު ރަޝިއާއިން ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތަކުގައި އެތައް ސަތޭކަ ޑްރޯންއެއް ބޭނުންކުރާކަމަށް ބުނެފައިވެއެވެ.

ނޫސްތަކުން ބުނާގޮތުން ޔޫކްރެއިން އިންވެސް ދަނީ ރަޗިއާއަށް އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ގެއްލުންތައް ދިނުމުގެ ގޮތުން ދުރަށް ދަތުރުކުރާ ވަސީލަތްތަކުގެ ބޭނުން ކުރަމުންނެވެ. އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރަޝިއާއަށް ހަނގުރާމައިގެ ތެރެއިން ކުރަންޖެހޭ ހަރަދުތައް ބޮޑުކުރުން ހިމެނޭއިރު މި އަހަރުގެ ޖެނުއަރީ މަހާއި މޭ މަހުގެ ދެމެދުވެސް ސީދާ ގޮތެއްގައި ރަޝިއާއަށް 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: