ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލްހައަށް ޖާގަ ދިނުމަށް ގުޓޭރެޒް ގޮވާލައިފި

ގުޓޭރެޒް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނާއި އިސްރާއީލުންވެސް ސުލްހައިގެ މަގު ހިޔާރުކުރުމަށް އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް ގޮވާލައްވައިފިއެވެ.

އިރާނާއި އިސްރާއީލުގެ ދެމެދު ކުރަމުންދާ ހަނގުރާމަ ދުވަހަކުން ދުވަހަކަށް ހޫނުވަމުންދާއިރު ގުޓޭރެޒްވަނީ މައްސަަލައިގެ ސަބަބުން އެއްވެސް ބަޔަކަށް ކޮންޓްރޯލް ނުކުރެވޭނެ މިންވަރަށް ރޯވެގެންދިއުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ސުލްހައަށް ޖާގަ ދިނުމަށް އޭނާވަނީ ދެ ގައުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.

އޭނާ މި ވާހަކަތައް ދެއްކެވީ އދގެ ސަލާމަތީ މަޖިލީހުގައިކަމަށްވާއިރު އިސްރާއީލާއި އީރާނުގެ މަންދޫބުންގެ ދެމެދު ހޫނު ބަހުސްތަކެއް ކުރެވިގެންދިޔަކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އިސްރާއީލުންވަނީ އެ ގައުމުން ދެމުންދާ ހަމަލާތައް ހުއްޓާނުލާނެކަމަށް ބުނެފައެވެ. އދގެ ފަރާތުން ނިއުކްލިއަރ ކަންކަން ބަލަހައްޓަމުންދާ އިދާރާއިންވަނީ އެފަދަ ވަސީލަތްތަކަށް ހަމަލާ ދިނުުގެ ސަބަބުން ބޮޑެތި ނުރައްކާތަކާއި ކުރިމަތިލާންޖެހުމުގެ ފުރުސަތު އޮތްކަމަށް ބުނެފައެވެ. ނަމަވެސް މި އިރުޝާދަށް ބެލުމެއް ނެތި އެމެރިކާއިންވަނީ އީރާނުގެ މިފަދަ ވަސީލަތްތަކަށް ހަމަލާ ދީފައިކަން ފާހަގަކުރެވެއެވެ.

ގުޓޭރެޒް ވިދާޅުވީ، މި މައްސަލައިގެ ތެރެއިން ނެގޭ ފިޔަވަޅަކުގެ ސަބަބުން އަސަރުކުރާނީ ހަމައެކަނި އެ ގައުމުތަކަށް ނޫންކަމަށާއި ދުނިޔޭގެ ކުރިމަގަށް އަސަރު ކުރުމުގެ ފުރުސަތު އޮތްކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަ އިތުރަށް ފުޅާވެގެންދިއުމަށް ފުރުސަތު ދީގެން ނުވާނެކަމަށާއި އެހެންކަމުން މަސްލަތު ހިމެނޭ އެންމެންގެ ކިބައިންވެސް ސުލްހައަށް ޖާގަ ދިނުމަށް އެދިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.

ނިއުކްލިއަރ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާ ނުދިނުމަށް އދ އާއި އެހެނިހެން އެކި ފަރާތްތަކުންވެސް ގޮވާލަމުންދިޔަ ނަމަވެސް އިސްރާއީލުންވަނީ ލިބޭ ފުރުސަތުތަކުގައި އީރާނުގެ އެފަދަ ވަސީލަތްތަކަށް ހަމަލާތައް އަމާޒުކޮށްފައެވެ. އެ ގައުމުން ތުހުމަތުކުރާގޮތުން އީރާނުން ކުރަމުންދާ މަސައްކަތްތަކަކީ ހަތިޔާރެއް އުފެއްދުމުގެ މަސައްކަތްތަކެކެވެ. ދެ ފަރާތުންވެސް ހަމަލާތައް ބަދަލުކުރަމުންދާއިރު ހުއްޓާލުމުގެ އިޝާރާތެއް ނުފެންނަކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: