ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމުން މިވަގުތު ހުރި މައްސަލަތަަކަށް ހައްލެއް ނުލިބޭނެ: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރަސީގައި ރައްޔިތުންނަށް ލިބޭ ބާރުތަކަކީ ހަރަދު ބޮޑު ނިޒާމެއްކަމަށް ބުނެ، އެ ބާރުތައް ހަނި ކުރުމަށް މަސައްކަތް ކުރާނީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރަންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ، އޭނާ ލިޔުއްވާފައިވާ އާޓިކަލްއެއްގަ އެވެ.

ފައްޔާޒު ވިދާޅުވީ، ޑިމޮކްރަސީގައި ރައްޔިތުންނަށް ލިބޭ ބާރުތައް ހަރަދު ބޮޑުކަމަށް ކިޔައި، އެ ބާރުތައް ހަނި ކުރުމަށް މަސައްކަތް ކުރާނީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި މި ފާޑުކިޔުމަކީ އެއްވެސް އަސާސެއް އޮތް ކަމެއްނޫންކަމަށް ވިދާޅުވި އެވެ. އަދި ހަރަދު ކުޑަކޮށް، މިފަދަ ނިޒާމެއް ގާއިމުކުރެވުނުކަމުގައިވިޔަސް، ޓެކްނޮލޮޖީގެ ވަސީލަތްތައް ކުރިއަރަމުންދާ މި ޒަމާނުގައި އެއީ އުނދަގޫކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ނިޒާމީ އިންތިޒާމުތަކާއި މީހުންގެ މެދުގައި ވާހަކަ ދެކެވޭ އިރު ބައެއް މީހުން ހައްލެއްގެ ގޮތުގައި ދެކެނީ ބަރުލަމާނީ ނިޒާމުކަމަށެވެ. އަދި އެކަމަށް އޭނާ ދެކޭ ގޮތް ހާމަކުރައްވައި ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރި ކަމުގައިވީނަމަވެސް، އެ ނިޒާމުގެ ސަބަބުން މިވަގުތު ނިޒާމުގައި ހުރި މައްސަލަތަކަށް ހައްލެއް ލިބިގެން ނުދާނެކަމަށެވެ.

ފައްޔާޒް ވިދާޅުވީ ބަރުލަމާނީ ނިޒާމެއް އޮތް ހާލަތެއްގައި ވެސް ރައްޔިތުންގެ ބާރުވެރިކަން އިސްނުކުރާ ވެރިޔެއްގެ މައްޗަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ދިނުމުން ކުރިމަތިވާނީ ކުރިން ދިމާވި މައްސަލަތައް ކަމަށެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވީ، މިވަގުތު ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް ރައްޔިތުންގެ ހައްގުތައް ކަށްވަރުކޮށް، ހުދުމުހުތާރު ވެރިކަމެއް ގާއިމުވިޔަ ނުދިނުމަށްޓަކައި، ގައުމުގެ ކަންކަން ނިމިގެންދަނީ ގައުމުގެ ރައްޔިތުންގެ ރުހުން އޮވެގެންކަން ކަށަވަރުކުރެވޭނެގޮތަކަށް ގާނޫނު އަސާސީގައި ލިޔެ، ތަފްސީލުކުރުމްކަމަށެވެ. އަދި މި ހައްލުގެންނަން ގޮންޖެހުންތަކާއި ކުރިމަތިވިކަމުގައިވީނަމަވެސް، ރައްޔިތުންގެ ރުހުން އޮތްކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: