ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައަށްވުރެ އެމްޑީޕީގެ ފުށުން ޤައުމަށް ލިބޭ ގެއްލުން ބޮޑު: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމައަށްވުރެ އެމްޑީޕީގެ ފުށުން ޤައުމަށް ލިބޭ ގެއްލުން ބޮޑުކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު އެފަދައިން ވިދާޅުވީ، އިޒްރޭލާއި އިރާންއާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއާލައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

ފަލާހު ވިދާޅުވީ،  މި ކުއްލި މައްސަލައަކީ މުހިއްމު މައްސަލައެއް ކަމަށާއި، މިއީ ރައްޔިތުންނާ ގުޅުންހުރި އަދި ރައްޔިތުންގެ މަންފާއަށް ހުށަހެޅިފައިވާ މައްސަލައެއްކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން މިއީ ޙައްސާސީ އަދި ސަމާލުކަން ދޭންޖެހޭ ފަދަ ޙާލަތެއްކަންވެސް ފަލާހު ފާހަގަ ކުރެއްވިއެވެ.

ފަލާހު ވިދާޅުވީ، އިޒްރޭލާ ދެމެދު ރާއްޖެއިންވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށާއި، އެ ފިޔަވަޅުތައް އަޅާފައިވަނީ އިޒްރޭލުގެ ލާއިންސާނީކަމާއި އަނިޔާވެރިކަން ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން މި ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށް ނިންމި ނިންމުމަށްޓަކައި ސަރުކާރާއި ޚާއްސަކޮށް ރައީސް ޑރ މުޙައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް ޒިންމާއަކީ އެ ޤައުމެއްގެ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުން ކަމަށާއި، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ބޮޑު އާމްދަނީއެއްވެސް ދައުލަތުން ލިބޭ ޕާޓީ ކަމަށެވެ.

އެމްޑީޕީއަކީ އެންމެ ބޮޑު އާމްދަނީއެއް ދައުލަތުންވެސް ލިބޭ ޕާޓީ، އަދި އެ ފައިސާއަށް ވާގޮތެއް ނޭނގުނަސް

އެހެންނަމަވެސް ހަނގުރާމައަށްވުރެ އެމްޑީޕީގެ ފުށުން ޤައުމަށް ލިބޭ ގެއްލުން ބޮޑުކަން ފަލާހު ފާހަގަ ކުރެއްވިއެވެ.

ފަލާހު ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ޤައުމެއްކަމަށް ކުއްލި މައްސަލައިގައި ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް ޤައުމަށް ގެއްލުމެއް ދޭން އެމްޑީޕީން ކުރާ ކޮންމެ މަސައްކަތެއްގައި އެންމެ ފުރަތަމަވެސް ޙަމަލާ އަމާޒުވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އެގޮތުން ޔޫރަޕްގެ އެކި ޤައުމުތަކަށް އެމްޑީޕީގެ ވެރިން ވަޑައިގެން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށްވެސް ގޮވާލާފައިވާކަން ތާރީޚުން އެނގެން އޮތްކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، މި ސަރުކާރުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ޙާލަތަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށާއި، ކަމާ ގުޅުންހުރި ހުރިހާ ވަޒީރުން އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށެވެ. އެގޮތުން ހަނގުރާމަ ހިނގާ ސަރަޙައްދުގައި ތިބި ދިވެހިންގެ ޙާލަތުވެސް ގާތުން ބަލަމުންދާކަން ފަލާހު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މިފަދަ ޙާލަތެއްގައި ޤައުމުގެ ރައްޔިތުންނަށް ދަތި ނުވާނެ ގޮތަކަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ކަންކަން ބައްޓަން ކުރައްވާނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: